ފެނަކައާ އެއްކޮށް ކުރިއަށްދެވޭނެ އެއްވެސް ގޮތެއް ނެތް، ރައްޔިތުންގެ އިތުބާރެއް ނެތް: ޝާޑު

Advertisement

އެންމެ ފަސް

Advertisement

ފެނަކައާ އެއްކޮށް ކުރިއަށްދެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށާއި، ރައްޔިތުންގެ އިތުބާރު ފެނަކައަށް ނެތް ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެ އެވެ.

ފެނަކައިގެ ހާއްސަ އޮޑިޓް ރިޕޯޓާއި ގުޅިގެން މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް ހުށަހެޅި ޤަރާރަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ޝާހިދު ވިދާޅުވީ، ފެނަކައިގެ އޮޑިޓާއި ގުޅިގެން އެކިގޮތްގޮތަށް ވާހަކަ ދެކެވެމުންދާ ކަމަށާއި، ފެނަކައާއެކު ކުރިއަށްދެވޭނެ އެއްވެސް ގޮތެއް މިހާރު ނެތް ކަމަށެވެ.

”އަޅުގަނޑު މިއަދުގެ ސަރުކާރުން ގޮވާލަން، ވަގުތުން ވަގުތަށް ފެނަކަ ހުއްޓުމަކަށް ގެނައުން.“

ރާއްޖޭގެ ރައްޔިތުންގެ އިތުބާރު މިއަދު ފެނަކައަށް ނެތްކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ ބޭރުގެ ސަޕްލަޔަރުންގެ އިތުބާރުވެސް މިއަދު ފެނަކައަށް ނެތް ކަމަށާއި އަދި އެތަން ހިންގަންތިބި މުވައްޒަފުންގެ އިތުބާރުވެސް މިއަދު ފެނަކައަށް ނެތް ކަމަށެވެ.

ފެނަކައިގެ ހާލަތު މިހިސާބަށް ގެންދިޔައީ ފާއިތުވި ފަސް އަހަރުގައި ”ވަގުންގެ ނެޓްވޯކަކުން“ ފެނަކަ ހިންގުމުގެ ސަބަބުން ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި ފެނަކައަށް ކިތަންމެ މޮޅު އެމްޑީއެއް ނުވަތަ އިންޖިނޭރެއްލިނަމަވެސް އެމީހާގެވެސް އަގެއް ނެތްކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި އެކަން އެގޮތަށް މެދުވެރިވީ މިދިޔަ ސަރުކާރުގައި ފެނަކައިގެ ތެރެއިން ހިންގާފައިވާ ކޮރަޕްޝަންގެ ކަންކަން ބޮޑު ކަމުން ކަމަށް ޝާހިދު ވިދާޅުވި އެވެ.

ފެނަކައިން އެކި ފަރާތްތަކަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ބިލުތައް ހުރިކަން ދެކެވޭ ވާހަކަތަކުން އެނގޭ ކަމަށާއި އަދި މިކަންކަމަކީ ބަލަންޖެހޭ ކަމެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.

ފެނަކައިގެ މައްސަލަފަދަ މައްސަލަތައް ބެލުމަކީ އަނިޔާވެރިވުން ނޫން ކަމަށާއި، މިފަދަ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ތަންތަނުން މި މައްސަލަތައް ބެލުމަކީ އެ ބޭފުޅުންގެ ގާނޫނީ ޒިންމާ އަދާކުރެއްވުންކަން ޝާހިދު ފާހަގަކުރެއްވި އެވެ.

ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ރައްޔިތުންގެ މަޖިލިސް ފެނަކަ ހިޔާނާތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ