ބިދޭސީން އޯޕަން ވިސާގެ ނަމުގައި ހުއްދައިގެ ބޭރުން މަސައްކަތް ކުރުމަކީ ގާނޫނާ ހިލާފުކަމެއް: އިމިގްރޭޝަން

Advertisement

އެންމެ ފަސް

Advertisement

ބިދޭސީން އޯޕަން ވިސާގެ ނަމުގައި ހުއްދައިގެ ބޭރުން މަސައްކަތް ކުރުމަކީ ގާނޫނާ ހިލާފުކަމެއް ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް ޓާސްކްފޯސް އޮން އިލީގަލް އެކްސްޕެޓް އޮޕަރޭޝަނުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، އެންމެ ފަހުން ފަށާފައިވަނީ ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް އެ ވިޔަފާރިތަކުގައި ޝާމިލްވާ ބިދޭސީން އަނބުރާ އަމިއްލަ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތެވެ.

އިމިގްރޭޝަނުން ފާހަގަކޮށްފައިވާ ގޮތުގައި މި އޮޕަރޭޝަންތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވެނީ ”އޯޕަން ވިޒާ“ގެ ނަމުގައި ރާއްޖެ އައިސް، މަސައްކަތް ނޫން އެހެން މަސައްކަތްތަކުގައި އުޅެމުންދާ ބިދޭސީންގެ މައްސަލަތަކެވެ. މި ގޮތުން ދިވެހީންގެ ނަމުގައި ވިޔަފާރި އޮތްނަމަވެސް އެކަމުގެ މާލީ ފައިދާ ނަގަމުންދަނީ ބިދޭސީންކަން ފާހަގަކޮށް، މިފަދައިން ހަރަކާތްތެރިވަމުންދާ ބިދޭސީން ހޯދާ ރާއްޖެއިން ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ބުނެފައިވެ އެވެ.

ބިދޭސީ މުވައްޒަފުންނަށް މަސައްކަތް ކުރުމުގެ ހުއްދަ ލިބިފައިވަނީ ހަމައެކަނި އެމީހުންނަށް ވީޒާ ދޫކޮށްފައިވާ ތަނުގައި ހުއްދަ ދޫކޮށްފައިވާ މަސައްކަތެއް ކުރުމަށް އެކަނި ކަމަށް އިމިގްރޭޝަނުން ބުނެފައިވެ އެވެ. އަދި ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތްކުރަނިކޮށް ފެނިއްޖެ ނަމަ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް ފޮނުވާލެވޭނެ ކަމަށާއި، ވަޒީފާދިން ފަރާތްތަކާމެދު ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށްވެސް ބުނެފައިވެ އެވެ.

އިމިގްރޭޝަނުން އިތުރަށް ބުނެފައިވަނީ މި މަސައްކަތްތަކުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ކަންކަން ހަރުދަނާކޮށް ގާނޫނާ އެއްގޮތަށް އެމީހުންގެ އަމަލުތައް ބައްޓަންކުރުމާއި މިކަމުގެ ސަބަބުން ގައުމުގެ އިގްތިސާދަށާއި އިޖްތިމާއީ ރައްކާތެރިކަމަށް ކުރިމަތިވާ ގޮންޖެހުންތައް ކުޑަކުރުން ކަމަށެވެ.

އިމިގްރޭޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ