އަހަރުގެ ފަހު ދައުރުގެ ފުރަތަމަ ޖަލްސާ ބުރާސްފަތި ދުވަހު

Advertisement

އެންމެ ފަސް

Advertisement

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފަހު ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

ބުރާސްފަތު ދުވަހު ޖަލްސާ ބާއްވަން ނިންމި ނަމަވެސް އަދި މި ޖަލްސާގެ އެޖެންޑާ އާންމުކޮށްފައެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލިސް މިވަގުތު އޮތީ ދެވަނަ ދައުރުގެ މަސައްކަތްތައް ނިންމާލުމަށް ފަހު ޗުއްޓީގަ އެވެ. މަޖިލިސް ޗުއްޓީގައި އޮތް ދުވަސްވަރުގައި ދައުރުން ބޭރުން ވަނީ 4 ޖަލްސާއެއް ބާއްވާފަ އެވެ. އޭގެ ތެރެއިން ދެ ޖަލްސާއެއް މިމަހުގެ 15 ވަނަ ދުވަހު ބޭއްވި އިރު މިމަހުގެ 16 ވަނަ ދުވަހުވެސް ޖަލްސާއެއް ބޭއްވި އެވެ. އަދި މިދިޔަ މަހުގެ 27 ގައިވެސް ދައުރުން ބޭރުން ޖަލްސާއެއް ބާއްވާފައިވެ އެވެ.

މަޖިލީހުގެ ދައުރުން ބޭއްވި ޖަލްސާތަކުގައި މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނާއި، ގައުމީ މުހިއްމު މައްސަލަތަކުގައި އާންމުންގެ ހިޔާލު ހޯދުމުގެ ގާނޫނު ފާސްކޮށްފައިވެ އެވެ. އަދި އެކި މުއައްސަސާތަކަށް މީހުން އައްޔަން ކުރުމުގެ މަސައްކަތްވެސް މި ޖަލްސާތަކުގައި ކުރިއަށް ގެންގޮސްފައިވެ އެވެ.

މަޖިލީހުގެ ތިންވަނަ ދައުރުގައި ގިނަ މުހިންމު މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފަ އެވެ. މީގެ ތެރެއިން ފަހު ދައުރުގައި ކުރާނެ އެންމެ މުހިންމު މަސައްކަތަކީ އަންނަ އަހަރަށް ދައުލަތުން ހުށަހަޅާ ބަޖެޓުގެ މަސައްކަތެވެ. މި މަސައްކަތަކީ ކޮންމެ އަހަރެއްގެވެސް ފަހު ދައުރުގައި އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ކުރިއަށް ގެންދާ މަސައްކަތެވެ.

މީގެ އިތުރުން މަޖިލީހުގައި މިވަގުތު ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ޓްރޭޑްމާކް ބިލު، އަދި ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލާއި ޓެކުހާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކާއި ޒަކާތުގެ ގާނޫނެއް އެކުލަވާލުމުގެ ބިލެއް އެބަ އޮތެވެ. މި ބިލުތަކުގެ މަސައްކަތްތައްވެސް ފަހު ދައުރުގައި ކުރިއަށް ގެންދާނެކަމަށް ބެލެވެ އެވެ.

ރައްޔިތުންގެ މަޖިލިސް ދައުލަތުގެ ބަޖެޓް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ