މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން އުފައްދާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފި އެވެ.

މި ކޮމިޝަނަކީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ގާނޫނުގެ ދަށުން މީޑިއާ ރެގިއުލޭޓްކުރުމަށް އުފައްދާ މުއައްސަސާ އެވެ.

އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވަނީ ބްރޯޑްކާސްޓަރުން ތަމްސީލުކުރާނެ ދެ މެންބަރުންނާއި މީޑިއާތައް ތަމްސީލުކުރާނެ ދެ މެންބަރަކު ހޯދުމަށެވެ. މީޑިއާ ކޮމިޝަން އެކުލެވިގެންވަނީ ޖުމުލަ ހަތް މެންބަރުންގެ މައްޗަށް ކަމަށެވެ. އޭގެ ތެރެއިން ތިން މެންބަރުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.

މި މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އުމުރުން 30 އަހަރު ފުރިފައިވުމާއި، ކަމާގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ މީޑިއާގެ ދާއިރާގައި މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ. މީގެ އިތުރުން، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުމާއި، މީޑިއާއެއްގެ މަސްއޫލުވެރި ފަރާތެއް ނުވަތަ އެޑިޓަރެއްގެ މަގާމު އަދާނުކުރާ މީހަކަށްވުން ޝަރުތުކޮށްފައިވެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި، މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ މެންދުރު 14:00 އާ ހަމައަށެވެ. އަދި އިންތިޚާބުގެ ވޯޓުލުން އޮންނާނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށް މާލޭގައި ކަމަށް އީސީން ބުނެ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) މީޑިއާ ބިލް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ