އެމްޕީއެލްގެ އެމްޕްޓީ ކޮންޓެއިނަރ ޑީޕޯގެ އޮޕަރޭޝަންތައް ފަށައިފި

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ތިލަފުށީގައި ޤާއިމްކޮށްފައިވާ ”އެމްޕްޓީ ކޮންޓެއިނަރ ޑީޕޯ“ ގެ އޮޕަރޭޝަންތައް މިއަދުން ފެށިގެން ބޭނުންކުރަން ފަށައިފި އެވެ.

މި ޑީޕޯގެ ޖުމްލަ ކެޕޭސިޓީއަކީ 2،400 ޓީއީޔޫސް (ޓްވެންޓީ-ފޫޓް އިކުއިވަލަންޓް ޔުނިޓްސް) އެވެ.

މި ޑީޕޯ ބޭނުންކުރަން ފެށުމާއެކު، މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ޖާގައިގެ ދަތިކަމުގެ ސަބަބުން ދިމާވެފައިވާ ގިނަ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް އެމްޕީއެލްއިން ބުނެ އެވެ.

ތިލަފުށީގައި ޤާއިމްކުރެވުނު މި ޑީޕޯގެ ތަރައްޤީގެ މަސައްކަތްތަކުގެ ތެރޭގައި 60 މީޓަރުގެ ކީވޯލެއް ތަރައްޤީކުރުމާއި، އެ ސަރަހައްދުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ. މި މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެންނެވެ.

އެމްޓީސީސީން މަސައްކަތް ނިންމުމަށްފަހު، އެ ޑީޕޯގައި އޮޕަރޭޝަންތައް ހިންގޭނެ ފެންވަރަށް ގެންދިއުމަށްޓަކައި އެމްޕީއެލްގެ ޓީމުތަކުން އިތުރު ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ވެސް ފާހަގަކުރާކަމަށް އެމްޕީއެލްއިން ބުނެ އެވެ.

މި އާ ޑީޕޯ ހުޅުވުމާއެކު، ރާއްޖޭގެ މައި ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާވެ، ކޮންޓެއިނަރ ބަނދަރުކުރުމުގެ މަސައްކަތް އިތުރަށް ހަލުވިވެގެންދާނެ އެވެ.

ވިޔަފާރި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ތިލަފުށި

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ