ނިލަންދޫ އެއާޕޯޓްގެ މަސައްކަތް އެމްއޭސީއެލްއަަށް

Advertisement

އެންމެ ފަސް

Advertisement

ފ. ނިލަންދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ހަވާލުކޮށްފި އެވެ.

މި މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ފ. ނިލަންދޫއަށް ވަޑައިގެންނެވެ.

ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެވެ. އެމްއޭސީއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް އެވެ.

ނިލަންދޫ އެއާޕޯޓްގެ މަސައްކަތް އެމްއޭސީއެލްއަށް ހަވާލުކޮށްފައިވަނީ ދެ އަހަރާއި ބައިގެ ތެރޭގައި މި މަސައްކަތް ނިންމާގޮތަށެވެ.

ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ މިރޭ ދެއްކެވި ވާހަކަފުޅުގައި ރައީސް މުއިއްޒު ވިދާޅުވީ މި އެއާޕޯޓް ވެގެންދާނީ 1800 މީޓަރުގެ ދިގު ރަންވޭއަކާއެކު ތަރައްޤީކުރާ އެއާޕޯޓަކަށް ކަމަށާއި މިއީ އެންމެ ޒަމާނީ އެއާޕޯޓަކަށް ވާނެ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ 1800 މީޓަރުގެ ދިގު ރަންވޭއެއް އެޅުމަށް ބޭނުންވާ ވަރަށް ބިން ހިއްކޭނެ ކަމަށާއި އަދި އިތުރު 300 މީޓަރުގެ ބިން ހިއްކަން ވެސް އެމްޓީސީސީއާ ހަވާލުކޮށްފައިވާކަން ފާހަގަކުރެއްވި އެވެ.

ރައީސް ނިލަންދޫއަށް ވަޑައިގެން މިއަދު ވަނީ އެ ރަށުގައި ޕާސްޕޯޓުގެ ޚިދުމަތް ފެއްޓަވައިދެއްވާފަ އެވެ. އަދި ފިއުލް ޝެޑް ގާއިމްކުރުމާއި، މަގު ހެދުމުގެ މަޝްރޫއާއި، ބިންހިއްކުމާއި ބަނދަރު ހެދުމުގެ މަސައްކަތާއި، ވެމްކޯގެ ހިދުމަތް ފެށުމާއި ގުޅޭ އެއްބަސްވުންތަކުގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ.

އެމްއޭސީއެލް ފ. ނިލަންދޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ