އިޒްރޭލާ ދެކޮޅަށް ބާއްވާ ސަމިޓެއްގައި ބައިވެރިވުމަށް ރައީސް މުއިއްޒު ގަތަރަށް

Advertisement

އެންމެ ފަސް

Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގަތަރަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި އެވެ.

މި ދަތުރުފުޅަކީ ގަތަރުގައި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ކުއްލި އިސްލާމީ-އަރަބި ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް މުއިއްޒު ކުރައްވާ ދަތުރުފުޅެކެވެ.

މި ސަމިޓަކީ އިސްރާއީލުން ސެޕްޓެމްބަރު 9 ވަނަ ދުވަހު ދިން ހަމަލާތަކާ ގުޅިގެން ބާއްވާ ސަމިޓެކެވެ. މި ސަމިޓުގައި ރައީސް މުޢިއްޒު ވާހަކަފުޅު ދައްކަވާނެ ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދީފައިވެ އެވެ.

މި ސަމިޓުގައި ރައީސް މުޢިއްޒު ބައިވެރިވެ ވަޑައިގަތުމަކީ، ޤަޠަރާއެކު ދިވެހިރާއްޖެއިން އޮތް އެކުވެރިކަން ހާމަކޮށްދޭ ކަމެއްކަމަށާއި ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކުރުމުގައި ދިވެހިރާއްޖެއިން ދެމިހުރި ކަމުގެ ހެއްކެއްކަމަށް ރައީސް އޮފީހުން ބުނެ އެވެ. މީގެއިތުރުން، އިސްރާއީލުން އެ ސަރަޙައްދުގައި ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފަރާތުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ދިވެހިރާއްޖެއިން ގޮވާލާ ގޮވާލުން ވެސް މި ސަމިޓުގައި ބައިވެރިވުމުން އާކޮށްދޭކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އިސްލާމީ އުއްމަތަށް ނާޒުކު ދަނޑިވަޅެއްގައި ބޭއްވޭ މި ކުއްލި އިސްލާމީ-އަރަބި ސަމިޓުގައި އޯއައިސީގެ މެމްބަރު ޤައުމުތަކުގެ ލީޑަރުން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. މި ސަމިޓަކީ އިސްރާއީލުގެ އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށާއި، ސަރަޙައްދުގައި އަމާންކަމާއި ސުލްޙަ ޤާއިމުކުރުމަށް ބޭނުންވާ ފިޔަވަޅުތައް އެޅުމަށް މުސްލިމް އުއްމަތުގެ އެއް އަޑެއް އުފުލުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ގަތަރް އިޒްރޭލް ގަތަރު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ