ސަރުކާރުން އުފެއްދި ބޭސް އެތެރެ ކުރާ ކުންފުނީގެ ފުރަތަމަ އެމްޑީއަކަށް ޑޮކްޓަރ ޝާހު މާހިރު އައްޔަންކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑުގެ ބޯޑަށް 3 މެންބަރުން އައްޔަންކޮށްފަ އެވެ.
މި ކުންފުނީގެ އެމްޑީއަކަށް އައްޔަން ކޮށްފައިވަނީ ވ. ފަޝާމަންޒިލް، ޑޮކްޓަރ ޝާހު މާހިރް އެވެ. އެ ކުންފުނީގެ ބޯޑު މެންބަރުންގެ ގޮތުގައި 2 ބޭފުޅަކު ވަނީ ހަމަޖައްސާފަ އެވެ. އެއީ މ. ކުރެއްދޫގެ، އައިޝަތް މުހައްމަދާއި ފްލެޓް ނަންބަރު 1-3-10، ޝިބާނާ އަބްދުﷲ ދީދީ އެވެ.
މި ކުންފުނި އުފައްދާފައިވަނީ ކުންފުނީގެ ޤާނޫނުގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.
”ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް“ ގެ ނަމުގައި އުފައްދާފައިވާ މި ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ.
މި ކުންފުނީގެ މައިގަނޑު މަޤްޞަދަކީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ދިވެހިރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާ ކުރުމެވެ. އަދި މި ތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތްތައް ކުރުމެވެ.
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)
