އަދިވެސް އެއްފަހަރު ދަންނަވާލަން، އަޅުގަނޑަކީ ހަސަން ކުރުސީއެއް ނޫން: ރައީސް ނަޝީދު

Advertisement

އެންމެ ފަސް

Advertisement

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ”ހަސަން ކުރުސީ“ ގެ ނަމުގައި ހިންގާ އެކައުންޓަކީ އެމަނިކުފާނު ނޫންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކާއާ ދެކޮޅަށް ”ހަސަން ކުރުސީ“ އެކައުންޓުން ކޮށްފައިވާ ޕޯސްޓަކާ ގުޅިގެން ސްރީލަންކާގެ ނޫހަކުން ލިޔުނު ރިޕޯޓެއްގައި އެ އެކައުންޓަކީ ނަޝީދު ކަމަށް ދޭހަވާގޮތަށް ލިޔުމާ ގުޅިގެންނެވެ.

”ހަސަން ކުރުސީ“ އެކައުންޓުން ކުރި ޕޯސްޓުގައި ވަނީ ސްރީލަންކާގެ ރައީސް ޑިސަނަޔަކާ އާއި ރައީސް މުއިއްޒުއާ އަޅާކިޔައި، ސްރީލަންކާ ހިންގަވަނީ މުއިއްޒު ރާއްޖެ ހިންގަވާ ފަދައިން ކަމަށް ބުނެފަ އެވެ. އަދި ސްރީލަންކާ ރަނގަޅުކޮށް ތެދުކުރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންގެ ކަމަށްވެސް ބުނެފައިވެ އެވެ.

ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެ އެކައުންޓަކީ އެމަނިކުފާނު ނޫން ކަމަށާއި، ރައީސް ވިކްރަމަސިންގެއާ ދެކޮޅަށް ކުރި ޕޯސްޓާ އެމަނިކުފާނާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި ސްރީލަންކާއަކީ ވެރިކަމުގައި ތިއްބަވާ ބޭފުޅުންނަށް ނުބަލައި، އަބަދުވެސް ރާއްޖެއަށް އެހީތެރިވެދެއްވާ ގައުމެއް ކަމަށާއި، އެމަނިކުފާނަކީވެސް ސްރީލަންކާގެ އަބަދުގެ ރަހުމަތްތެރިއެއް ކަމަށް ވިދާޅުވެފައިވެ އެވެ.

އަޅުގަނޑާ ލަންކާއާ ދެމެދުގައި އޮތް ގުޅުން ކަނޑުވާލަން މަސައްކަތްކުރާތީ ވަރަށް ހިތާމަކުރަން.

”ހަސަން ކުރުސީ“ އެކައުންޓުން ކުރި ޕޯސްޓެއްގައިވެސް ވަނީ އެ އެކައުންޓް ހިންގަނީ ރައީސް ނަޝީދު ނޫންކަމަށް ބުނެފަ އެވެ. އަދި ލަންކާ ރައީސް ޑިސަނަޔަކާއަކީ ފަލަ ސުރުހީތައް ހައްދަވާ ބޭފުޅެއްކަމަށް ކުރުސީ ވަނީ ބުނެފަ އެވެ.

ރައީސް މުހައްމަދު ނަޝީދު ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ