މީޑިއާ ބިލާ ގުޅޭގޮތުން ސިޔާސީ ޕާޓީތައް ބައްދަލުވުުން ބޭނުންތެރި: ނަޝީދު

Advertisement

އެންމެ ފަސް

Advertisement

މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާއި ގުޅޭގޮތުން ހުރިހާ ސިޔާސީ ޕާޓީއެއް ބައްދަލުވުން ބޭނުންތެރިކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން އިންތިހާއަށް ބޭނުންތެރި ކަމަށާއި އަދި ނޫސްވެރިން ޒިންމާދާރުވުންވެސް މުހިންމު ކަމަށެވެ.

”އަޅުގަނޑަށް ފެންނަ ގޮތުގައި މީޑިއާ ބިލާ ގުޅޭގޮތުން ހުރިހާ ސިޔާސީ ޕާޓީއެއްގެ ބައްދަލުވުމެއް ބޭއްވުން ބޭނުންތެރި.“ ރައީސް ނަޝީދު ވިދާޅުވި އެވެ.

މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް މަޖިލީހަށް ހުށަހަޅާފައިވަނީ އަމިއްލަ މެންބަރެއް ކަމަށްވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އެވެ.

މި ބިލް ދިރާސާކުރުމުގެ މަސައްކަތް މިނިވަން މުއައްސަސާތަކުގެ ކޮމިޓިން ފަށާފައިވާއިރު މިއަދު އެ ކޮމިޓީން ވަނީ ބްރޮޑްކާސްޓިން ކޮމިޝަން އަދި މީޑިއާ ކައުންސިލާ ބައްދަލުކޮށްފަ އެވެ.

މި ބިލުގައި ހުރި ވާހަކަތަކާ ގުޅިގެން ނޫސްވެރިން އަދި ބޭރުގެ ޖަމިއްޔާތަކުންވެސް އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. އަދި މިއަދު ބްރޮޑްކޮމްއިންވެސް ވަނީ ބިލް ޑްރާފްޓް ކުރުމުގައި ލަފައެއް އަހާފައި ނުވާތީ އަދި ރަނގަޅު ދިރާސާއެއް ހަދާފައި ނުވާތީ ކަންބޮޑުވުންފާޅުކޮށްފަ އެވެ. އަދި އެމްއެމްސީން ވަނީ ބިލު ބޭރުކުރުމަށް އެދިފަ އެވެ.

ރައީސް މުހައްމަދު ނަޝީދު މީޑިއާ ބިލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ