ކައުންސިލްތަކުން ހުށަހަޅުއްވާ ކަންކަމަށް ރައީސް މުއިއްޒު އަމަލީ ސިފަ ގެނެސްދެއްވާ: އާދަމް ޝަރީފް

Advertisement

އެންމެ ފަސް

Advertisement

ކައުންސިލްތަކުން ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރު ކުރެވޭނީ މާލީގޮތުން ކައުންސިލްތައް ބާރުވެރިކޮށްގެން ކަމަށާއި، ކައުންސިލްތަކުން ހުށަހަޅާ ކަންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަމަލީ ސިފަ ގެނެސްދެއްވާ ކަމަށް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަށުގެ ބޮޑު މިނަށް ބަލައިގެން ބަޖެޓު ކަނޑައަޅާ ގޮތަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ރަށްރަށަށް ކުރައްވާ ޒިޔާރަތުގައި ކައުންސިލްތަކުން ހުށަހަޅުއްވާ ކަންކަމަށް އަމަލީ ސިފަ ގެނެސްދެއްވާކަމުގެ ހެއްކެއް ކަމަށެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާވެ، ކައުންސިލްތަކުން ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރު ކުރެވޭނީ މާލީގޮތުން ކައުންސިލްތައް ބާރުވެރިވެ، ދެމެހެއްޓެނިވި ގޮތުގައި އާމްދަނީ އިތުރު ކުރެވޭނެ ވިސްނުންތަކެއް އުފަން ކުރެވިގެން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ކައުންސިލްތައް ބާރުވެރި ކުރެވޭނީ ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ދެވޭނެ ހަކަތަ ކައުންސިލްތަކުގައި ހުރެގެންކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް ސީދާ ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ގިނަ ބަދަލުތަކެއް ގެންނަން ރައީސް ވަނީ ނިންމަވާފަ އެވެ.

އެގޮތުން، ލާމަރުކަޒީ ނިޒާމު ވަރުގަދަކޮށް އިންސާފުވެރި ގޮތަކަށް ކައުންސިލްތަށް ބާރުވެރި ކުރުމާއި އާބާދީ ކުޑަ ނަމަވެސް ބިން ބޮޑު ރައްތަކުގެ ރައްޔިތުންނަށް ލިބެން ޖެހޭ އަސާސީ ހިދުމަތްތައް ކަށަވަރު ކުރެވޭނެ ގޮތަށް ބްލޮކް ގްރާންޓް ދިނުމުގެ އުސޫލު ބަދަލު ކުރުން ހިމެެނެ އެވެ.

މީގެ އިތުރުން، ޑަބްލިޔުޑީސީއަށް ކަނޑައެޅިފައިވާ ބަޖެޓް 5% އިން 10% އަށް އިތުރު ކުރަން އަދި ޑަބްލިޔުޑީސީ މެންބަރުންނަށް ދޭ ރޯދަ އެލެވެންސް ޑަބްލިޔުޑީސީގެ ބަޖެޓުން ނުދީ ކައުންސިލްގެ ބަޖެޓުން ދޭ ގޮތަށް ބަދަލުކުރުން ހިމެނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓަރު އާދަމް ޝަރީފް އުމަރު ލާމަރުކަޒީ ނިޒާމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ