އެމްޑީޕީ ޓިކެޓުގައި ކައުންސިލް އިންތިހާބަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލއިފި

Advertisement

އެންމެ ފަސް

Advertisement

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރުމަށް ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލައިފިއެވެ.

މިކަމަށް ހުޅުވާލައި އެ ޕާޓީ އިން ކުރި އިއުލާނުގައި ބުނީ އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރެވޭނީ ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކަށް އެކަނި ކަމަށެވެ. އަދި ޕްރައިމަރީގެ ޓައިމްލައިން ފަހުގެ ތާރީހެއްގައި އާންމު ކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ޝައުގުވެރިކަން ފާޅުކުރުމުގެ ސުންގަޑި އަކީ 30 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 14:00 އެވެ. ޝައުގުވެރިކަން ފާޅުކުރުމަށް ’ޝައުގުވެރިކަން ފާޅު ކުރާ ފޯމު‘ އާއެކު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކުށާއި ދަރަނީގެ ރިކޯޑު ސާފުކުރާ ފޯމް އެއިދާރާ އިން ސާފުކުރުމަށްފަހު ހުށަހަޅަން ޖެހޭނެއެވެ.

ޕާޓީގެ ޓިކެޓުގައި ލޯކަލް އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިކަން ފާޅު ކުރާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތަކަކީ އެމްޑީޕީ މީހެއް ކަމުގައިވުން، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ 12 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިންތިހާބަށް ކުރިމަތިލާ މީހެއްގައި ހުންނަން ޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުޠުތައް ހަމަވުމާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގަވާއިދުގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިންތިހާބަށް ކުރިމަތިލާ މީހެއްގައި ހުންނަން ޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުތުތައް ހަމަވުމެވެ.

މީގެ އިތުރުން ސިޓީތަކުގެ ދާއިރާތައް ބެހިފައިވާ ގޮތާއި އަންހެނުންނަށް ހާއްސަ ގޮނޑިކަނޑައެޅުމުގައި ބާލަފައިވާނީ މިވަގުތު އަމަލުކުރަމުންދާ ގޮތަށް ކަމަށާއި  އެނޫން ގޮތަކަށް އިލެކްޝަންސް ކޮމިޝަންގެ އިދާރާއިން ބަދަލުކުރާ ނަމަ އެބަދަލެއް ގެންނާނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

އެމްޑީޕީ ލޯކަލް ކައުންސިލް އިންތިހާބު 2026

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ