މީޑިއާ ބިލުގެ މަސައްކަތް ކުރުމަށް މާދަމާ ކޮމިޓީ ބައްދަލުވުމެއް ބާއްވަނީ

Advertisement

އެންމެ ފަސް

Advertisement

މީޑިއާތައް ރެގިއުލޭޓް ކުރުމަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު މަޖިލީހަށް ހުށަހެޅުއްވި މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު ދިރާސާ ކުރުމަށް މާދަމާ ކޮމިޓީ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ މިއަދު އެވެ. މި ބިލު ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޖަލްސާއެއްގަ އެވެ.

މި ބިލު މަޖިލީހަށް ބަލައިގަތުމާ ގުޅޭ ގޮތުން ވޯޓަށް އެހުމުން 49 މެންބަރުން ވަނީ މި ބިލު ބަލައިގަންނަން ފެންނަކަމަށް ވޯޓު ލާފަ އެވެ. މި ބިލު ބަލައިގަތުމާ ދެކޮޅަށް ވޮޓުލާފައިވަނީ 12 މެންބަރުންނެވެ. މި ބިލު އިތުރަށް ދިރާސާ ކުރުމަށް ފޮނުވާފައިވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށެވެ.

މާދަމާ ހެނދުނު 10:00 ގައި މި ބިލު ދިރާސާ ކުރުމަށް ކޮމިޓީ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. މި ބައްދަލުވުމުގައި ބިލުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތް ކަނޑައެޅުމަށް ވަނީ އެޖެންޑާ ކުރެވިފަ އެވެ.

މި ބިލާ ގުޅިގެން ކުރިއަށް ގެންދިޔަ ބަހުސްގައި ސަރުކާރުން ހިންގާ ޕީއެންސީގެ ގިނަ މެންބަރުން ވަނީ މި ބިލަށް ތާއީދުކޮށް ވާހަކަ ދައްކަވާފަ އެވެ. ނަމަވެސް ޕީއެންސީއަށް ނިސްބަތްވާ ބައެއް މެންބަރުން ވަނީ މި ބިލު ފުރިހަމަ ނޫންކަމަށާއި ބިލު ފާސް ކުރަން ޖެހޭނީ އިސްލާހުތަކެއް ގެނެސް އިތުރަށް ފުރިހަމަކޮށްފައިކަމަށް ވިދާޅުވެފަ އެވެ. އޭގެ ތެރޭގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ހިމެނެ އެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ މެންބަރު ހަންނާނު ވިދާޅުވީ މި ބިލާ ގުޅިގެން އެއްވެސް ކަންބޮޑުވުމެއް އޭނާއަށް ލިބިފައި ނުވާ ކަމަށާއި މި ބިލާ ގުޅިގެން ކަންބޮޑުވަނީ ހަމައެކަނި އެމްޑީޕީ މީހުން ކަމަށެވެ.

މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ ގުޅިގެން ވަރަށް ގިނަ ނޫސްވެރިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލިސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ މީޑިއާ ބިލް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ