އަމިއްލަ ވިޔަފާރިއަކަށް 3.8 މިލިއަން ރުފިޔާ ދެއްކުމަށް ފެނަކައިގެ މައްޗަށް އަމުރުކޮށްފި

Advertisement

އެންމެ ފަސް

Advertisement

އަމިއްލަ ވިޔަފާރިއަކަށް 3.8 މިލިއަން ރުފިޔާ ދެއްކުމަށް ފެނަކައިގެ މައްޗަށް ސިވިލް ކޯޓުން އަމުރު ކޮށްފި އެވެ.

ތ. ވިލުފުށި / ކެނެރީމާގެ، ނައްފާލު ނޫރައްދީންގެ ފަރާތުން ފެނަކައާ ދެކޮޅަށް ޖޫން 29 ވަނަ ދުވަހު ސިވިލް ކޯޓުގައި މި ދައުވާ ކޮށްފައިވަނީ، އޭނާގެ ވިޔަފާރިއަކުން ފެނަކައަށް ވިއްކި މުދަލަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބިވާ 5،004،169.20 އާއި ޝަރީއަތުގެ ހަރަދުގެ ގޮތުގައި 25،000 ރުފިޔާ ހޯދުމަށެވެ.

މި މައްސަލައާ ގުޅިގެން ފެނަކައިން އޮގަސްޓް 7 ވަނަ ދުވަހު ވަނީ މި ދައުވާގެ ބަޔަކަށް އެއްބަސްވެފަ އެވެ.

އެގޮތުން ދައުވާގައި ހުށަހަޅާފައިވާ 91 އިންވޮއިސްގެ ތެރެއިން 68 އިންވޮއިސްއަކަށް ފައިސާ ދެއްކިފައިނުވާކަމާއި، އެގޮތުން އެ 68 އިންވޮއިސްއަށް ދައްކަންޖެހޭ ޖުމުލަ 3،846،549.60 ރުފިޔާ ދެއްކުމަށް ފެނަކައިން ވަނީ އެއްބަސްވެފަ އެވެ. އަދި 23 އިންވޮއިސްއަކަށް ވާ ފައިސާއާއި ވަކީލު ފީ ދެއްކުމަށް އެއްބަސްވެފައެއް ނުވެ އެވެ.

އެހެންކަމުން ސިވިލް ކޯޓުން އޮގަސްޓް 26 ވަނަ ދުވަހު ވަނީ މި ދައުވާގައި ފެނަކައިން ދެއްކުމަށް އެއްބަސްވެފައިވާ 3،846،549.60 ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރުމަށް ފެނަކައިގެ މައްޗަށް އަމުރުކޮށްފަ އެވެ.

ސިވިލް ކޯޓުގައި މި މައްސަލަ ބައްލަވާފައިވަނީ ގާޒީ ހަސަން ފަހީމް އިބްރާހިމް އެވެ.

ފެނަކަ ސިވިލް ކޯޓު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ