ދިވެހި ޤައުމިއްޔަތަށް ރައީސް އިސްކަންދެއްވަނީ ދިވެހި ދައުލަތުގެ ދެމިއޮތުމަށް އެދިވަޑައިގަންނަވާތީ: މިނިސްޓަަރ

Advertisement

އެންމެ ފަސް

Advertisement

ދިވެހިރާއްޖޭގެ ޤައުމީ ކަންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވަމުން ގެންދަވަނީ ދިވެހި ދައުލަތުގެ ދެމިއޮތުމަށް އެދިވަޑައިގަންނަވާތީ ކަމަށް ދިވެހި ލޭންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

އުތީމު ގަނޑުވަރުގައި މިއަދު ބޭއްވުނު ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ”ޤައުމީ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާ މި ދެއްވާ ޚާއްޞަ އިސްކަމުގެ އެންމެ ބޮޑު އެއް ބޭނުމެއް ކަމަށް އަޅުގަނޑަށް ވިސްނެނީ ހަމަ އެންމެ ކަމެއް. އެއީ ދިވެހި ދައުލަތުގެ ދެމިއޮތުން، ދިވެހި ޤައުމުގެ ދެމިއޮތުން“ ކަމަށެވެ.

މިނިސްޓަރު އާދަމް ނަސީރު އިތުރަށް ވިދާޅުވި ގޮތުގައި، ދިވެހިންނަކީ ދުނިޔޭގެ އެހެން ދައުލަތްތަކެކޭ އެއްފަދައިން މިނިވަންކަމާއި، އިއްޒަތާއި، ޝުހުރަތު ޙައްޤުވާ ބައެއްކަން ސާބިތުކޮށްދިނުމަކީ ރައީސް މުޢިއްޒުގެ އަމާޒެކެވެ. އަދި ޤައުމީ ދުވަހުގެ ޖަލްސާ އުތީމުގައި ކުލަގަދަކޮށް ބޭއްވުމަކީ ދިވެހިންގެ މިނިވަންކަން ހިމާޔަތްކުރެއްވުމަށް ގެންގުޅުއްވާ ސިޔާސަތުތަކުގެ މުހިންމުކަން ހާމަވެގެންދާ ކަމެއް ކަމުގައިވެސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ 4000 އަހަރުގެ ދިގު ތާރީޚުގައި ދިވެހިންނަކީ ދިވެހި ދައުލަތް މިނިވަންކަމާއެކު ދަމަހައްޓާފައިވާ ބައެއްކަން ފާހަގަކުރައްވައި، މިނިވަންކަމަށް ދޭތެރެދޭތެރެއިން ލޮޅުންތައް އައި ނަމަވެސް، އެ ލޮޅުންތަކުގައި ފަހަތަށް ކުޑަކޮށް ޖެހިލާފައި ކުރިއަށް އަރައި، ﷲ ގެ ނަޞްރާއި ފަތަޙަ ދިވެހިންނަށް ލިބެމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، ”މިއަދު އިއްޒަތްތެރި ރައީސް ދިވެހިރާއްޖޭގެ ޤައުމިއްޔަތު، ދިވެހިންގެ މިނިވަންކަން ހިމާޔަތްކުރެއްވުމަށް، ދެމެހެއްޓުމަށް، ހަރުދަނާކުރެއްވުމަށް މި އަޅުއްވާ ހަރުދަނާ ފިޔަވަޅުތަކަށްޓަކައި އަދި މިކަންކަން މިހާ ކުލަގަދަކޮށް ކުރިއަށް ގެންދިއުމުގައި ދެއްވާ އިރުޝާދަށްޓަކައި ރައީސް މުޢިއްޒަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ