ޤައުމުގެ މިނިވަންކަމާމެދު ވިސްނާނެ ޖީލެއް އުފެއްދެވުމަކީ ރައީސް އެންމެ އިސްކަންދެއްވާ އެއް ކަންތައް: މިނިސްޓަރ ނަސީރު

Advertisement

އެންމެ ފަސް

Advertisement

ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމާއި، ދިވެހި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ދިފާއުކުރެއްވުމަށްޓަކައި މިނިވަންކަމާމެދު ވިސްނާނެ ޖީލެއް އުފެއްދެވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ އިސްކަންދެއްވާ އެއް ކަންތައް ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ މިނިސްޓަރ އާދަމް ނަސީރު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ނަސީރު ފާހަގަކުރެއްވި ގޮތުގައި، މިނިވަންކަމެއް ލިބުމަށްފަހު އެންމެ މުހިންމު ކަމަކީ އެ މިނިވަންކަން ދެމެހެއްޓުމާއި ދިފާއުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ.

މިނިސްޓަރ އާދަމް ނަސީރު ވިދާޅުވި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު ދެއްވި ފުރަތަމަ ތަޤުރީރުގައިވެސް، އެމަނިކުފާނުގެ ސިޔާސަތުތައް ވަރަށް ތަނަވަސްކޮށް އަދި ސާބިތުކޮށް ދިވެހި ރައްޔިތުންނަށް ހާމަކުރައްވާފައިވެއެވެ.

”އެމަނިކުފާނުގެ އަރިހުގައި އެންމެ ފުރަތަމަ އަންނާނީ ދިވެހިންކަން، ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަންކަން، ދިވެހި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލުކަން، އަދި މިކަން ދިފާއުކުރެއްވުމަށްޓަކައި މިނިވަންކަމާމެދު ވިސްނާނެ ސިކުނޑިތަކެއް އުފެއްދެވުން އެއީ އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވާނެ އެއް ކަންތައްކަން،

މިނިސްޓަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދިވެހިންގެ ބާއްޖަވެރިކަމާއި އުފާވެރި ދިރިއުޅުމަށްޓަކައި އެހެނިހެން އުމްރާނީ ތަރައްޤީތައްވެސް ރައީސް މުއިއްޒު ގެންނަވަމުން ގެންދަވައެވެ. އަދި ދިވެހިރާއްޖޭގެ މިނިވަންކަން ދިފާއުކުރުމަށް އެތައް ނަޒަރަކުން ރައީސްގެ ވިސްނުންފުޅު ހިންގަވައި، ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާކަންވެސް ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ނަސީރުގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިޤްތިޞާދީ ގޮތުންނާއި، ތަޢުލީމީ ގޮތުންނާއި، އުމްރާނީ ގޮތުންނާއި އަދި އަސްކަރީ ގޮތުން ގިނަ ބަދަލުތަކެއް ރައީސް މުއިއްޒު ގެންނަވަމުން ގެންދަވައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިވަން ދުވަސް މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ