އަބްދުއްރަަހުމާންގެ މަރާލި މައްސަލަ: ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދަށް، އެކަކު 5 ދުވަހަށް

Advertisement

އެންމެ ފަސް

Advertisement

މިދިޔަ މަހުގެ 13 ވަނަ ދުވަހުގެ ރޭ ދަންވަރު އއ. މާޅޮހުގައި ރަހުމުކުޑަގޮތަކަށް ހަމަލާދީ މަރާލި އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލާގައި ހައްޔަަރުކުރި 3 މީހުންގެ ތެރެއިން 2 މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި އަބްދުއްރަހުމާންގެ މަރުގެ މައްސަލާގަ ހައްޔަރުކޮށްފައިވަނީ އއ. މާޅޮސް، ފިޔަ، އަހުމަދު އާޝިދާއި އެ ރަށު ލިލީފެހި، މުހައްމަދު ވިޝާމް އާއި ހަމަ އެ ރަށު ފިނިވާގޭ، އަހުމަދު ފާރިސް އެވެ. މި 3 މީހުންވެސް ހައްޔަރުކުރީ ބުދަ ދުވަހުގެ ރެ އެވެ.

ފުލުހުން ބުނީ އެ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭގެތެރެއިން  މުހައްމަދު ވިޝާމް އަދި އަހުމަދު ފާރިޝް ޝަރީއަތް ނިމެންދެން ބަނދުކުރުމަށް އަދި އާސިދު، 5 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ ކަމަށެވެ. ނަމަވެސް އެ މީހުންގެ ބަންދުގެ މުއްދަތުޖަހަން ހާޒިރުކުރި ކޯޓެއް ފުލުހުން ނުބުނެ އެވެ.

މައްސަލައިގެ ފަސްފަހަތް

އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން ނިދާފައި އޮއްވައި ލާއިންސާނީ ހަމަލާއެއްދީ އޭނާ ޒަހަމުކޮށްލީ މިދިޔަ މުހުގެ 13 ވަނަދުވަހުުގެ ރޭ ދަންވަރު 1:15 އެހާކަންހާއިރު އެވެ. މިހާތަނަށް ބެލިބެލުމުން އޭނާ މަރާލަފައިވަނީ މަރުތޭލެއް ޒާތުގެ އެއްޗަކުން ބޮލުގެ ފުއްކިބައިގައި ޖަހައި އެކިވަރުގެ ޒަހަމްތައްދީގެންނެވެ.

އަބްދުއްރަހުމާނަށް ދިން ހަމަލައިގެ މައުލޫމާތު ލިބުމާ އެކު، ފުލުހުންގެ ޓީމުތައްވަނީ އެރަށުގައި ހަރަކާތްތެރިވާން ފަށައިފަ އެވެ.

އެނގިފައިވާ ގޮތުގައި އަބްދުއްރަހުމާނަށް ދިން ހަމަލައިގެ ތުހުމަތަށް ތިން މީހެއްގެ ގެ ފާސްކޮށް ބައެއްތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.

އެރަށުން ވާހަކަދެއްކި ބައެއް މީހުން ބުނާގޮތުގައި އޭނާގެ ސިކުނޑީގެ ބައެއްވެސް ފެންނަންއޮތް ކަމަށާއި، ލޯ ކައިރިވެސް ވަރަށް ބޮޑަށް ދުޅަވެފައިވާ ކަމަށްވެ އެވެ.

މިހާދިސާ ހިނގިއިރު އެގޭގައި ތިބީ އުމުރުން ދުވަސްވީ އަބްދުލްރަހުމާން އާއި އޭނާގެ އަންހެނުންނެވެ. އޭނާގެ 3 ދަރިން ތިބޭއިރު، އޭގެތެރެއިން އެއް ކުއްޖެއް ދިރިއުޅެނީ ރަށުގަ އެވެ. އެއީ ރަށު ސިއްހީ މަރުކަޒުގެ އެމްބިއުލަންސް ޑްރައިވަރުކަމަށް މައުލޫމާތު ލިބިފައިވެ އެވެ. ހާދިސާ ހިނގިއިރު އޭނާ ހުރީ ލަންކާއަށް ދަތުރުކޮށް، އެނބުރި އައިސް މާލޭގާއިކަމަށް މައުލޫމާތު ލިބެ އެވެ.

އަބްދުއްރަހްމާނަކީ މަސްވެރިއެކެވެ. އޭނާ އާންމުކޮށް ދަނީ ކަންނެލީގެ މަސްވެރިކަމަށެވެ.  ސިހުރު ހަދާ ކަމަށް ރަށުތެރޭގައި އަޑުފެތުރިފައިވާ ކަމަށް ބުނިނަމަވެސް އެކަމާއި ގުޅޭގޮތުން ފުލުހުންގެ ފަރާތުން އަދި އެއްވެސް އެޗެއް ހާމަކޮށްފައެއްނުވެ އެވެ.

އަބްދުއްރަހުމާންގެ މަރުގެ ތަހުގީގަށް ފުލުހުންގެ ވަނީ މާޅޮހުގައި ހުރި ސީސީޓީވީ ކެމެރާތައް ވެސް ބަލައިފަ އެވެ.

އަބްދުއްރަހްމާންގެ މަރު ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ