2025 ވަނަ އަހަރު މެއި ޖޫން އޯލެވެލް އަދި އެސް.އެސް.ސީ އިމްތިހާނުގެ ވަގުތީ ނަތީޖާ ދޫކުރުމާ އެކު އެ އިމްތިހާނުތަކުގައި ބައިވެރިވި ދަރިވަރުންނަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އިލްތިމާސްއެއް ކުރައްވައިފިއެވެ.
މިނިސްޓަރު މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޯލެވެލް އާއި އެސްއެސްއީ އިމްތިހާނުން ލިބޭ ނަތީޖާ އެންމެ ރަނގަޅު ނުވުމުން ދަރިވަރުންގެ ކިޔެވުމުގައި ސިއްކަޖެހޭ ދުވަސް މާޒީވެފައިވާ ކަމަށެވެ. އެ ނަތީޖާ އެންމެ ރަނގަޅު ނުވި ކަމުގައި ވީ ނަމަވެސް މަތީ ސާނަވީ މަރުހަލާގައި ކިޔެވުމާއެކު ކުރިއަށްދިއުމުގެ ތަފާތު މަގުތަކެއް ފަހިވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ތަފާތު ތިން މަގެއް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އެއީ އެކަޑެމިކް ޕާތްވޭ، ސުކޫލުގައި ކުރިއަށްގެންދާ ވޮކޭޝަނަލް އެޑިޔުކޭޝަން ޕާތުވޭ އާއި މަސައްކަތުގެ މާހައުލުގައި (ވޯކް- ބޭސްޑް) ކިޔެވުމުގެ އެޕްރެންޓިސްޝިޕް ޕާތްވޭއެވެ.
މިއަދު ލިބޭ ނަތީޖާ އަކީ ކިޔެވުން ހުއްޓާލަން ނިންމާ ދުވަސް ކަމުގައި ނުހެދުމަށް ވެސް އެދިވަޑައިގެންނެވިއެވެ. ހުރިހާ ދަރިވަރުންނަކީ އެކަޑަމިކް ނަތީޖާ އެންމެ ރަނގަޅު ދަރިވަރުންކަމުގައި ނުވި ނަމަވެސް ކޮންމެ ކުއްޖަކީ މިހާރު ހުޅުވާލެވިފައިމިވާ ކޮންމެވެސް އެއް ލާރނިންގ ޕާތުވޭއެއްގައި ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ ކުއްޖެއްކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު އެދިވަޑައިގެންނެވީ މިއިންކޮންމެވެސް އެއް ލާރނިންގ ޕާތުވޭއެއް އިޚުތިޔާރުކޮށް، ﷲގެ ޙަޟްރަތުން ކާމިޔާބީއަށް އެދުމާއެކު، ދިރިއުޅުމުގެ މާހައުލަށް ފައްކާވުމަށް ތައްޔާރުވުމަށެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެޑިއުކޭޝަން މިނިސްޓްރީ