ރާއްޖޭގެ މިހާރުގެ އިގްތިސާދީ ހާލަތުގެ ޒިންމާ އެމްޑީޕީން ނަގަންޖެހޭނެ: މިނިސްޓަރު ސައީދު

Advertisement

އެންމެ ފަސް

Advertisement

ރާއްޖެއަށް ދިމާވެފައިވާ އިގްތިސާދީ ހާލަތުގެ އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހޭނީ އެމްޑީޕީން ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ސައީދު މިހެން ވިދާޅުވީ ރޭ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސައީދު ވަނީ އެމްޑީޕީގެ ސަރުކާރުން އުފައްދާފައިވާ ދަރަނީގެ މިންވަރާއި، ފައިސާ ޗާޕްކުރުމުގެ ސަބަބުން ދިމާވެފައިވާ މައްސަލަތަކާ ބެހޭގޮތުން ފާޅުގައި ފާޑުވިދާޅުވެފަ އެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަން ނިމުނުއިރު ދައުލަތުގެ ދަރަނި 152.2 ބިލިއަން ރުފިޔާއަށް އަރާފައިވެ އެވެ. މިއީ ރާއްޖޭގެ ތާރީޚުގައި އޭގެ ކުރީގެ 50 އަހަރު ތެރޭގައި އުފެދިފައިވާ ދަރަންޏަށްވުރެ ބޮޑު އަދަދެކެވެ.

ރައީސް ޞާލިޙް ވެރިކަންކުރަން ވަޑައިގެން އިރުގައި އެއް ބިލިއަން އެމެރިކާ ޑޮލަރުގެ ރިޒާވެއް ރައީސް ޔާމީން ދޫކުރައްވާފައި ވަޑައިގަތީ. ސޮވްރިންގ ޑިވެލޮޕްމަންޓް ފަންޑުގައި 250 މިލިއަން އެމެރިކާ ޑޮލަރު ހުރި.

އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ސައީދު ފާހަގަކުރެއްވި ގޮތުގައި، 2018 ވަނަ އަހަރު 28 ބިލިއަން ރުފިޔާގައި ހުރި ދައުލަތުގެ ބަޖެޓު 2023 ވަނަ އަހަރު 50 ބިލިއަން ރުފިޔާއަށް އިތުރުކޮށްފައިވެ އެވެ. މިގޮތަށް ފައިސާ ޗާޕްކޮށް މާކެޓަށް ނެރުމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ވަނީ ބޮޑުތަން ދަށްވެފަ އެވެ.

މީގެއިތުރުން، ސަރުކާރު ކުންފުނިތަކަށް ދައްކަންޖެހޭ 9.1 ބިލިއަން ރުފިޔާގެ ދަރަނި ވެސް އޮތްކަން މިނިސްޓަރ ސައީދު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން މިނިސްޓަރު ސައީދު ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ނުނިމި އޮތް އޮތުމަށްވެސް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އެއާޕޯޓުގެ ތަރައްގީއަށް ހުރިހާ ފައިސާއަކާއި ކޮންޓްރެކްޓަރަކާއި ހުރިހާކަމެއް ހަމަޖެހިފައި އޮތްއިރުވެސް، ހަމައެކަނި ޓާމިނަލްގެ މަސައްކަތް ނުނިމި 5 އަހަރުވުމަކީ ކުރީ ސަރުކާރުގެ އިޚްލާސްތެރިކަން ނެތުމުގެ ހެއްކެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެމްޑީޕީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ