މަސްވެރިކަން ސިންދަފާތުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއްކުރެވޭ: މިނިސްޓްރީ

Advertisement

އެންމެ ފަސް

Advertisement

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ސިންދަފާތުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓްރީން މިއަދު ބުނެފިއެވެ.

މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މަސްވެރިކަމުގެ ސިނާޢަތަކީ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި، މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމުގެ ނިޒާމެއް މިހާރު ވަނީ ޤާއިމުކޮށްފައެވެ.

ބައިނަލްއަޤްވާމީ ބާޒާރުގައި ދިވެހި މަހުގެ އުފެއްދުންތަކަށް ޚާއްސަ މަޤާމެއް ހޯދައިދިނުމަށް ”ފްރޮމް މޯލްޑިވްސް“ ގެ ނަމުގައި ޤައުމީ ބްރޭންޑެއް ވަނީ ތަޢާރަފުކޮށްފައެވެ. މިނިސްޓްރީން ބުނާ ގޮތުގައި މި ބްރޭންޑަކީ އަގު އެއްކުރި މަހާއި މަހުގެ އުފެއްދުންތައް ރާއްޖޭގައި ތައްޔާރުކޮށް، ބަންދުކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.

އިތުރު ކުރިއެރުމެއްގެ ގޮތުން، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުމަހުގެ މަސްވެރިކަން ކުރިއެރުވުމަށާއި އެކުއަކަލްޗަރ ދާއިރާ ތަރައްޤީކުރުމަށް އިންޑިއާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. މި އެއްބަސްވުމުގެ ދަށުން ވެލިއު ޗެއިން ތަރައްޤީކުރުމާއި، ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، ދިރާސާތައް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، ދިވެހިރާއްޖޭގެ މެރިކަލްޗަރ ދާއިރާގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކޮށް، އިންވެސްޓްމަންޓް ފުރުސަތުތައް ފަހިކޮށްދިނުމަށްވެސް މި އެއްބަސްވުމުގެ ދަށުން މަގުފަހިވެގެންދާނެއެވެ. މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މަސްވެރިކަން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ