ޖަޕާނުގެ ބޮޑުވަޒީރުގެ ސްޕެޝަލް އެންވޯއީ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޚްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
ޖަޕާނުގެ ބޮޑުވަޒީރުގެ ސްޕެޝަލް އެންވޯއީ އަދި ޕާލަމެންޓްރީ ވައިސް މިނިސްޓަރު ފޯ ފޮރިން އެފެއާޒް އިކުއިނާ އަކިކޯ ރައިސްއާ ބައްދަލުކުރެއްވީ މިއަދު މެންދުރު ފަހު ރައީސް އޮފީހުގަ އެވެ.
ރައީސް ޑރ. މުއިއްޒު ވަނީ ޖަޕާނުގެ ވަފުދަށް ހޫނު މަރުހަބާއެއް ކިޔައި، މިނިވަން ދުވަހުގެ މުނާސަބަތުގައި ބައިވެރިވުމަށް ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ބައިވެރިވުމަށް ދައުވަތު ލިބުމުން ލިބުމުން އެކަމުގެ ޝުކުރު އެންވޯއީ އަދާކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދީފައިވެ އެވެ.
މި ބައްދަލުވުމުގައި ރައީސް މުއިއްޒު އާއި ސްޕެޝަލް އެންވޯއީ ވަނީ ރާއްޖެ އާއި ޖަޕާނާ ދެމެދު ދެމިއޮތް ގާތް އެކުވެރިކަމަށް އަލިއަޅުވާލައްވާ ވާހަަކަ ދައްކަވާފަ އެވެ. އަދި މި މަޝްވަރާތަކުގައި އިގްތިސާދީ ތަރައްގީ، އިންފްރާސްޓްރަކްޗާ، ޑިޒާސްޓާ ރެސިލިއެންސް އެންޑް މެނޭޖްމަންޓް، ޓެލެކޮމިއުނިކޭޝަން، އަދި ކެޕޭސިޓީ ބިލްޑިން ފަދަ ދާއިރާތަކުން އެއްބާރުލުންދިނުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދީފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސް އޮފީސް ރާއްޖެ - ޖަޕާން
