ބިންވެރިޔާ ސްކީމުގެ އެއްބަސްވުމަށް ބަދަލު ގެނެވުނީ ގާނޫނާ ފުށުއަރާތީ: މިނިސްޓަރު މުއްތަލިބް

Advertisement

އެންމެ ފަސް

Advertisement

ބިންވެރިޔާ ސްކީމުން ގޯތިދޫކުރުމަށް ކުރެވޭ އެއްބަސްވުމަށް ގެނެވުނު ބަދަލު ގެނެވުނީ ދައުލަތުން ހަދާ އެއްބަސްވުންތައް ހުންނަންޖެހެނީ ޤާނޫނާ ފުށުނާރާ ގޮތަށް ކަމަށްވާތީކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މުއްތަލިބް މިހެން ވިދާޅުވީ ’ރާއްޖެއެމްވ’ީ އިން ”ގުޅީފަޅުން ދޫކުރާ ގޯއްޗާ އެކު ހަދާ އެއްބަސްވުމުގައި ”ނުރައްކާތެރި“ ބަދަލުތަކެއް“ ނަމުގައި ޝާއިރުކޮށްފައިވާ ހަބަރަކާ ގުޅިގެންނެވެ.

ބިމާބެހޭ ޤާނޫނުގެ 11 ވަނަ މާއްދާގައި ދިރިއުޅުމަށް ގޯތި ދެވޭ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުން، ”ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނީ، ބަންޑާރަ ގޯއްޗެއް، ނުވަތަ އަމިއްލަ ގޯއްޗެއް، ނުވަތަ މި ގާނޫނުގެ 15 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން، ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން، ނުވަތަ އަމިއްލަ ގޯއްޗަކުން ބަޔެއް، ނުވަތަ ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ލިބިފައިނުވާ، ދިވެހި ރައްޔިތުންނަށެވެ.“

އަދި އެ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުން، ”މި ގާނޫނަށް އަމަލު ކުރަން ފެށުމަށްފަހު، އެއްވެސް މީހަކަށް، އެއް ރަށަކުން، ދިރިއުޅުމަށް އެއް ގޯއްޗަށްވުރެ ގިނަ ގޯތި ދުލެއް ނުކުރެވޭނެ“ އެވެ. އަދި ”މީހަކަށް ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ލިބިފައިވާ ރަށް ނޫން އެހެން ރަށަކުން، ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ދޫކުރެވޭނީ، ސަރުކާރުން ކަނޑައަޅާ ކުއްޔަކަށް، މި ގާނޫނުގެ ދަށުން ހަދާ ގަވައިދުގައިވާ ގޮތުގެ މަތިންނެވެ.“

ސަރުކާރުން ނިންމާފައިވަނީ އަލަށް ހަދާ އެއްބަސްވުމުގެ 2 ވަނަ އަދި 3 ވަނަ ނަންބަރުގައި ހިމެނޭ ”މާލެ ސަރަހައްދު“ މި ޢިބާރާތް، ”ރާއްޖޭގެ އެއްވެސް ސަރަހައްދަކުން“ މި ގޮތަށް ބަދަލުކުރުމަށެވެ.

މި ބަދަލާ ގުޅިގެން ގުޅީފަޅުން ގޯތި ލިބުނު ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ގުޅީފަޅުން ގޯތި ލިބުނު މީހުންނާއެކު ކުރި ހަދާފައިވާ އެއްބަސްވުމާއި ކުރިން ދީފައިވާ ގޯތީގެ ރަޖިސްޓްރީ ބާތިލްކޮށް އާ އެއްބަސްވުމާއި ރަޖިސްޓްރީ ދޭން ސަރުކާރުން ނިންމީ ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން ބަދަލުވެ، ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ދިން ތަން ބަދަލުވުމާ ގުޅިގެންނެވެ.

ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި ގޯތި ލިބޭ ތަނެއް ކަނޑައެޅުމަށް އަލުން ގުރުލާފައިވަނީ މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހު އެވެ.

ހައުސިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި، ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް އާ ”ބަންޑާރަ ގޯތީގެ ރަޖިސްޓްރީ“އާއި ”ބަންޑާރަ ގޯތީގެ އެއްބަސްވުން“ ދޫކުރުމަށް މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ”ހިޔާވެހި ޕޯޓަލް“ މެދުވެރިކޮށް ”ބަންޑާރަ ގޯތީގެ ރަޖިސްޓްރީ“ އަދި ”ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން“ އާ ޙަވާލުވުމަށް އެޕޮއިންޓްމަންޓް ހެދޭނެ އެވެ. އަދި ”ބަންޑާރަ ގޯތީގެ ރަޖިސްޓްރީ“ އަދި ”ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން“ މިއަދު ހެނދުނު 09:30 އިން ފެށިގެން އަންނަނީ ދޫކުރަމުންނެވެ.

ބިންވެރިޔާ ސްކީމް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގުޅިފަޅު ގުޅީފަޅު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ