ހަގީގަތެއްގެ މައްޗަށް ބިނާ ނުވާތީ އެމްޑީޕީގެ ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން

Advertisement

އެންމެ ފަސް

Advertisement

އިދިކޮޅު އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަންނަން މަޖިލީހުގެ ރިޔާސަތުން ނިންމައިފި އެވެ.

އެމްޑީޕީގެ ފަރާތުން މި ކުއްލި މައްސަލަ ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އެވެ. މި މައްސަލައަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބައެއް ބޭރު ކުންފުންޏަކަށް ވިއްކާލަން އުޅޭކަމަށް ދެކެވޭ ވާހަކައެއްގެ މައްޗަށް ހުށަހަޅާފައިވާ ކުއްލި މައްސަލަ އެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ހަގީގަތެއްގެ މައްޗަށް ބިނާ ނުވާތީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 197 ވަނަ މާއްދާގައި ކުއްލި މައްސަލައެއްގައި ފުރިހަމަވާން ޖެހޭ ސިފަތައް ބަޔާންކޮށްފައިވާއިރު އެ މައްސަލައަކީ ހަގީގަތެއްގެ މައްޗަށް ބިނާކޮށް ހުށަހެޅޭ ކަމަކަށް ވުމަކީ އެ މާއްދާގެ ކ ގެ ދަށުން ކުއްލި މައްސަލައެއްގައި ފުރިހަމަވާން ޖެހޭ ސިފައެއް. އިއްޒަތްތެރި މެންބަރު ފޮނުއްވާފައިވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 197 ވަނަ މާއްދާގެ ކ ގައި ބަޔާންކޮށްފައިވާ މި ދެންނެވި ޝަރުތު ފުރިހަމަ ނުވާތީ އެ މައްސަލަ ހުށަހެޅުއްވެން ނެތް ވާހަކަ ދަންނަވަން.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބައެއް ތަންތަން ދުބާއީގެ ޖެޓެކްސް ކުންފުންޏަށް 25 އަހަރަށް ކުއްޔަށް ދޭން މަސައްކަތް ކުރަމުން އަންނަކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރަމުން ދާއިރު އާންމުވެފައިވާ ބައެއް މައުލޫމާތުތަކުން މިއީ ދޮގެއްކަން ހާމަވެ އެވެ. އެގޮތުން ޖެޓެކްސް ކުންފުނިން ފޮނުވި ޕްރޮޕޯސަލްގައިވަނީ ވީއައިއޭގައި އެ ކުންފުނިން އަމިއްލައަށް ޓާމިނަލެއް އެޅުމަށް ފަހު ހިދުމަތް ދިނުމަށެވެ. އަދި އެ ޓާމިނަލް ހިންގަން ހުށަހަޅާފައި އޮތީ އެމްއޭސީއެލްއާ ގުޅިގެން، ލިބޭ ފައިދާގެ 55 އިންސައްތަ އެމްއޭސީއެލްއަށް ލިބޭ ގޮތަށެވެ. މީގެ އިތުރުން މި ޓާމިނަލްގެ ގިނަ ހިދުމަތްތައްވެސް ދޭނީ އެމްއޭސީއެލްއިން ކަމަށާއި އިކުއިޕްމެންޓްސް ހޯދާނީ ޖެޓެކްސްއިންކަމަށް ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލިސް އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އެމްއޭސީއެލް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ