އއ. އުކުޅަހުން މަހަށް ގޮސް އުޅުނު ބަޔަކަށް 15 ކިލޯގެ މާވަހަރެއް ފެނިއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މާވަހަރު ފެނުނީ އުކުޅަހުން ފުރައިގެންގޮސް ފަރުކޮޅާއި ތޮއްޑޫއާ ދޭތެރޭގައި މަސްވެރިކަމަށް ތިއްބަ އެވެ.
މިއީ މާވަހަރެއްކަން ޔަގީންވާ ކުރެވިފައިވާއިރު މާވަހަރު ވިއްކާލުމުގެ މަސައްކަތް އަދި ކުރަމުން ނުދާ ކަމަށް މައުލޫމާތު ލިބެ އެވެ.
އެ މާހަރުގައި ގާތްގަނޑަކަށް 15 ކިލޯ ހުރިއިރު އޭތި ރަނގަޅަށް ޓެސްޓްކުރުމަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށްވެސް މައުލޫމާތުލިބެ އެވެ.
ރާއްޖޭގެ ރަށްރަށުގެ އަތިރިމަތިންނާއި މަސްވެރިކަމަށް ނުކުމެ އުޅުމުގެ ތެރޭގައި މީގެ ކުރިންވެސް މާވަހަރު ފެނިފައި އެބަހުއްޓެވެ.
