ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތެރަޕީ ދިނުމަށް މޭ މަހު 6.5 މިލިއަން ރުފިޔާ ހަރަދު ކުރި

Advertisement

އެންމެ ފަސް

Advertisement

ނިމިދިޔަ މޭ މަހުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާ ދިނުމަށްޓަކައި 6،529،248 ރުފިޔާ ހަރަދުކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖުމްލަ 193 ފަރާތަކަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް އެންސްޕާއިން ވަނީ ހަރަދުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 131 ފިރިހެނުންނާއި 62 އަންހެނުންނެވެ.

އެންސްޕާއިން އާންމު ކުރި މައުލޫމާތުތަކަށް ބަލާއިރު ޖުމްލަ 7 ބާވަތެއްގެ ތެރަޕީއަކަށް ވަނީ ހަރަދުކޮށްފަ އެވެ.

ތެރަޕީގެ ބާވަތްތަކާއި ހަރަދު ކުރި ވަރު:

  • ބިހޭވިއާ ތެރަޕީ (ޖުމްލަ 131 ފަރާތަކަށް): 1،832،854 ރުފިޔާ
  • އޮކިއުޕޭޝަނަލް ތެރަޕީ (ޖުމްލަ 137 ފަރާތަކަށް): 1،800،172 ރުފިޔާ
  • ސްޕީޗް ތެރަޕީ (ޖުމްލަ 129 ފަރާތަކަށް): 1،761،723 ރުފިޔާ
  • އެޑިއުކޭޝަނަލް ތެރަޕީ (ޖުމްލަ 84 ފަރާތަކަށް): 963،925 ރުފިޔާ
  • ސައިކޯ ތެރަޕީ (ޖުމްލަ 6 ފަރާތަކަށް): 78،410 ރުފިޔާ
  • ފިޒިއޯ ތެރަޕީ (ޖުމްލަ 7 ފަރާތަކަށް): 65،664 ރުފިޔާ
  • އާލީ އިންޓަވެންޝަން (ޖުމްލަ 4 ފަރާތަކަށް): 26،500 ރުފިޔާ

މީގެ އިތުރުންވެސް އެންސްޕާއިން ވަނީ މޭ މަހު އެ އޭޖެންސީން ކޮށްފައިވާ އިތުރު ހަރަދުތަކުގެ ތަފްސީލުތައްވެސް އާންމުކޮށްފަ އެވެ. އެގޮތުން ފަޤީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންގެ ޕްރޮގްރާމްގައި ހިމެނިފައިވާ ފަރާތްތަކަށް މޭ މަހު 5،001،000 ރުފިޔާ ދޫކޮށްފައިވާ ކަމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 50،768،000 ރުފިޔާ ދޫކޮށްފައިވާކަމަށް އެންސްޕާއިން ބުނެ އެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ