ކުޅުންތެރިޔަކު މަދުކޮށް ކުޅެ ރެއާލުން ޕަޗޫކާ ބަލިކޮށްފި

Advertisement

އެންމެ ފަސް

Advertisement

ފީފާ ކްލަބް ވޯލްޑް ކަޕުގައި ރޭގެ މެޗުގެ ބޮޑުބައި 10 ކުޅުންތެރިންނާއެކު ކުޅެ، ރެއާލް މެޑްރިޑުން 3-1 ގެ ނަތީޖާއަކުން މެކްސިކޯގެ ޕަޗޫކާ ބަލިކޮށްފިއެވެ.

ބޭންކް އޮފް އެމެރިކާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފެށިގެން ހަތްވަނަ މިނެޓުގައި ރައުލް އަސެންސިއޯ އަށް ރަތް ކާޑެއް ދެއްކުމާއެކު ރެއާލުން މެޗުގެ ބޮޑުބައި ކުޅެން ޖެހުނީ ކުޅުންތެރިޔަކު މަދުކޮށެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ، ޕަޗޫކާގެ ސަލޮމަން ރޮންޑޮން އަށް ލިބުނު ހުސް ފުރުސަތެއް ހުއްޓުވަން އުޅުމުގެ ތެރޭގައި އޭނާއަށް ކުރި ފައުލަކާ ގުޅިގެނެވެ.

ޕަޗޫކާ އިން ވަނީ ރެއާލް ކޮޅަށް ލަނޑެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް، ފުރަތަމަ ހާފުގައި އެ ޓީމުން ކުރި މަސައްކަތް ކާމިޔާބެއް ނުވެއެވެ. އެ ޓީމަށް ލަނޑެއް ނުޖެހެނީސް، މެޗުގެ 35 ވަނަ މިނެޓުގައި ޖޫޑް ބެލިންހަމް ވަނީ ލަނޑެއް ޖަހައި ރެއާލަށް ކުރިހޯދަދީފައެވެ. އަދި ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް އާރްދާ ގުލާ ވަނީ ލަނޑެއް ޖަހައި ރެއާލަށް ލީޑު ފުޅާކޮށްދީފައެވެ.

ދެވަނަ ހާފު ފެށިގެން މެޗުގެ 70 ވަނަ މިނެޓުގައި ރެއާލްގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ ފެޑްރިކޯ ވަލްވާޑޭ އެވެ. މި މެޗުގައި ޕަޗޫކާގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ އެލިއަސް މޮންޓިއޭލް އެވެ.

މި މޮޅާއެކު ރެއާލް ވަނީ ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. ނަމަވެސް، ގަދަ 16 ބުރުގެ ޖާގަ ޔަގީންވާނީ ފަހު މެޗުގައި ރެޑްބުލް ސަލްޒްބާގުގެ މައްޗަށް ކުރިހޯދައިގެނެވެ.

ރެއާލް މެޑްރިޑް ފީފާ ކްލަބް ވޯލްޑް ކަޕް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ