ފަހަތުން އަރައި މަޔޯކާ ބަލިކޮށް، ރެއާލް އެއްވަނަ އަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ސްޕެނިޝް ލީގުގައި ރޭ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން މަޔޯކާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

މިދިޔަ ހަފުތާގައި ރެއާލުން ކުޅުނު މެޗުގެ ފުރަތަމަ 11 ގައި ޓްރެންޓް އެލެކްސަންޑާ-އާނޯލްޑް ހިމަނާފައިނުވި ނަމަވެސް، ރޭ ރެއާލްގެ ދަނޑުގައި ކުޅުނު މެޗުގައި އޭނާ ފަށާފައިވެއެވެ. މެޗުގައި އޭނާގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު، އޭނާ ނަގައިދިން ހުރަހަކުން ކީލިއަން އެމްބާޕޭ ވަނީ ލަނޑު ޖަހާފައެވެ. ނަމަވެސް، ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ.

މި ސީޒަނުގައި މެޗަކުން އަދި މޮޅުނުވާ މަޔޯކާ އިން ވަނީ މެޗުގެ 18 ވަނަ މިނެޓުގައި ކުރިހޯދާފައެވެ. އެ ޓީމަށް ލަނޑު ޖަހައިދިނީ ވެޑާޓް މުރީގީ އެވެ.

ރެއާލުން ނަތީޖާ އަނބުރަލުމަށް ބޭނުންވީ ދެ މިނެޓެއްހާ ވަގުތު ކޮޅެކެވެ. މެޗުގެ 37 ވަނަ މިނެޓުގައި އާޑާ ގުލާ ވަނީ ލަނޑެއް ޖަހައި ރެއާލަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އަދި އޭގެ މިނެޓެއް ފަހުން ވިނީޝިއުސް ޖޫނިއާގެ މޮޅު ލަނޑަކާއެކު ރެއާލުން ވަނީ ނަތީޖާ އަނބުރާލާފައެވެ.

މި މެޗުގައި އެމްބާޕޭ ޖެހި ދެ ލަނޑު އޮފްސައިޑް ކަމަށް ނިންމިއިރު، އާޑާ ޖެހި އިތުރު ލަނޑެއް ވަނީ އަތުގައި ޖެހުނު ކަމަށް ނިންމާފައެވެ.

މި ނަތީޖާއާއެކު ރެއާލުން ވަނީ ތިން މެޗުން ނުވަ ޕޮއިންޓު ހޯދައި، އެއްވަނަ މަގާމް ހޯދާފައެވެ. ވާދަވެރި ބާސެލޯނާގެ މެޗު އޮތީ މިރޭގައެވެ.

ރެއާލް މެޑްރިޑް ސްޕެނިޝް ލީގު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ