ގައުމީ ޓީމުގެ ކޯޗުކަމުން ސުޒޭން އިސްތިއުފާ ދީފި

Advertisement

އެންމެ ފަސް

Advertisement

ދިވެހި ޤައުމީ ފިރިހެން ފުޓްބޯޅަ ޓީމުގެ ކޯޗު ކަމުން އަލީ ސުޒޭން އިސްތިއުފާ ދެއްވައިފި އެވެ.

ސުޒޭން މިއަދު ފޭސްބުކްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިއަދު ޤައުމީ ޓީމް ޓިމޯ ލެސްޓޭއާ ކުޅުނު މެޗްގެ ނަތީޖާ އަކީ ވަރަށް ދެރަ ނަތީޖާއެއް ކަމަށް ގަބޫލުކުރާ ކަމަށާއި އެކަމަށް ދިވެހި ފުޓުބޯޅަ އާއިލާއަށް ނިހާޔަތަށް މާފަށް އެދޭ ކަމަށެވެ.

”އަޅުގަނޑު މި ޓީމާއެކު ކުރި މަސައްކަތް މިހާހިސާބުން މި ނިމުނީ.“ ސުޒޭން ބުނެފައިވެ އެވެ.

ސުޒައިން ބުނެފައިވަނީ، ދިވެހި ފުޓްބޯޅަ އުނދަގޫ ހާލަތެއްގައި އޮތް ދުވަސްވަރެއް ނަމަވެސް، ޤައުމީ ޓީމާއެކު މަސައްކަތްކުރަން ލިބުމަކީ ޝަރަފަކާއި އުފަލެއް ކަމަށެވެ.

ސުޒައިން ޤައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ 2023 ވަނަ އަހަރު އެވެ. ސުޒައިން ވަނީ 2019 އިން ފެށިގެން ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމުވެސް އަދާކޮށްފަ އެވެ. އަދި 2021 ވަނަ އަހަރު ވަގުތީ ގޮތުން ގައުމީ ޓީމުގެ ހެޑްކޯޗުކަން ކޮށްފައިވެ އެވެ.

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ރާއްޖެ މިއަދު ކުޅުނު މެޗުން ބަލިވެފައިވަނީ 0-1 ގެ ނަތީޖާއަކުންނެވެ. މިނަތީޖާއާއެކު ޖެހިޖެހިގެން ފަސް މެޗުން ގައުމީ ޓީމުވަނީ ބަލިވެފަ އެވެ. ޓިމޯ ލެސްޓޭ އަކީފީފާ ރޭންކިންގެ 197 ވަނައިގައި އޮތް ޓީމެކެވެ. ރާއްޖެ އޮތީ ފީފާ ރޭންކިންގެ 164 ވަނައިގަ އެވެ.

މިއީ 2027 ވަނަ އަހަރު އޮންނަ އޭޝިއަން ކަޕްގެ ކޮލިފައިންގައި، ގުރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުނު ދެ ވަނަ މެޗެވެ. މީގެކުރިން ފިލިޕީންސާ އެކު ކުޅުނު މެޗުންވެސް ރާއްޖެވަނީ ބަލިވެފަ އެވެ.

ގައުމީ ފުޓުބޯޅަ ޓީމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ