މަގުމަތީގެ ރައްކާތެރިކަމުގެ ކެމްޕޭންގައި 3 ކުންފުންޏަކާ އެކު ސޮއިކޮށްފި

Advertisement

އެންމެ ފަސް

Advertisement

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރިއަށް ގެންދާ ”ރައްކާ ކެމްޕެއިން“ ގައި އެއްބާރުލުން ދިނުމަށް މިއަދު ތިން ކުންފުންޏަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އިސްކަންދަރު ކޮށީގައި ބޭއްވުނު ރަސްމިއްޔާތުގައި ފުލުހުންގެ އިދާރާގެ ފަރާތުން ސޮއިކުރެއްވީ އެ އިދާރާ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީނެވެ. މި އެއްބަސްވުމުގައި ބައިވެރިވި ކުންފުނިތަކަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)، އުރީދޫ އަދި އެލައިޑް އިންޝުއަރެންސްއެވެ.

އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ. އުރީދޫގެ ފަރާތުން ސޮއިކުރެއްވީ ކޮމާޝަލް އޮފިސަރު އޮފް މޯލްޑިވްސް ހުސައިން ނިޔާޒެވެ. އަދި އެލައިޑް އިންޝުއަރެންސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރު ނަސްރަތު މުހައްމަދެވެ.

ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވި ގޮތުގައި މި އެއްބަސްވުންތަކުގެ ދަށުން، ރޯޑް ސޭފްޓީ އެވެއާނެސް އެންޑް ޕްރިވެންޝަނުން މި އަހަރު ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ކެމްޕެއިންގެ އެކި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް މި ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މި ރަސްމިއްޔާތުގައި މާލެ ޕޮލިސްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް އަބްދުﷲ އާއި ރޯޑް ޕޮލިސް ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓްގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރުގެ އިތުރުން ތިން ކުންފުނީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އުރީދޫ އެލައިޑް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ