ކުޅުދުއްފުށި ސިޓީގައި އަލަށް ޤާއިމުކުރި ނޭޝަނަލް ކެރިއަރސް ސަރވިސް (އެންސީއެސް)ގެ ރީޖަނަލް އޮފީސް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ވަޒީރު، ޑރ. ޢަލީ ހައިދަރު ހުޅުވައިދެއްވާފަ އެވެ.
މި އޮފީސް ހުޅުއްވައިދެއްވީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.
ރައީސް އޮފީހުން މައުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި، ކުޅުދުއްފުށީގައި ޤާއިމުކުރެވުނު މި އޮފީހަކީ ދިވެހިންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށާއި، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޒީފާ ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތައް ގުޅުވައިދިނުމަށް އަމާޒުކޮށް ޤާއިމުކުރެވިފައިވާ އޮފީހެކެވެ.
އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޑރ. ޢަލީ ހައިދަރު ވިދާޅުވެފައިވަނީ، ”މިނިސްޓްރީ އަދި މިނިސްޓްރީގެ ދަށުން މަސައްކަތްކުރަމުންދާ ހުރިހާ އިދާރާތަކުގެ އަމާޒަކީ ވަޒީފާ ބޭނުންވާ ކޮންމެ ދިވެހި ރައްޔިތަކަށް ވަޒީފާ ހޯދުމުގެ މަގުފަހިކޮށްދިނުމާއި ވަޒީފާ އުމުރުފުރައިގެ ކުދިންނަށް ކިޔެވުމާއި އަދި މަސައްކަތުގެ ދާއިރާ ހިޔާރުކުރުމުގެ ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދިނުން“ ކަމަށެވެ.
މީގެއިތުރުން، މަސައްކަތުގެ އުމުރުފުރައިގެ މީހުންނަށް އެކަށޭނަ މަސައްކަތްތަކާއި ވަޒީފާތައް ޚިޔާރުކުރުމުގައި އެހީތެރިވެ، މަގުދެއްކުމަށްޓަކައި، ރާއްޖޭގެ އެހެން ސަރަޙައްދުތަކުގައިވެސް ނޭޝަނަލް ކެރިއަރސް ސަރވިސްގެ އިތުރު އޮފީސްތައް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް