ޕާކިސްތާނުން އަފްޣާނިސްތާނަށް ސަފީރަކު ކަނޑައަޅަން ނިންމައިފި

Advertisement

އެންމެ ފަސް

Advertisement

އަފްޣާނިސްތާނަށް ސަފީރަކު ކަނޑައަޅާނެކަން ޕާކިސްތާނުން އިއުލާންކޮށްފި އެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓަރީން ނެރެނު ބަޔާނެއްގައި ބުނެފައިވަނީ ޕާކިސްތާނުގެ ފޮރިން މިނިސްޓަރު މިދިޔަ އޭޕްރީލް މަހު އަފްޣާނިސްތާނަށް ކުރެއްވި ދަތުރުފުޅުން ފެށިގެން ޕާކިސްތާނާއި އަފްޣާނިސްތާނުގެ ގުޅުން ރަނގަޅުވެފައިވާ ކަމަށެވެ.

އެހެންކަމުން މިގުޅުން އިތުރަށް ދެމެހެއްޓުމަށް ޕާކިސްތާނުން އަފްޣާނިސްތާނަށް ސަފީރަކު އައްޔަނު ކުރުމަށް ނިންމަވާފައިވާކަން ވަނީ ހާމަކުރައްވާފަ އެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓަރު މިކަން ހާމަކުރައްވާފައިމިވަނީ، އަފްޣާންގެ މަންދޫބަކާއެކު ޗައިނާގައި ކުރިއަށްގެންދެވި މަޝްވަރާތަކަކަށްފަހު އެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ވިދާޅުވެފައިވަނީ، މިކަމުގެ ސަބަބުން ދެ ގައުމުގެ ގުޅުންއިތުރަށް ބަދަހިވެ، އިގްތިސާދީ ގުޅުން ވަރުގަދަވެ ޓެރަރިޒަމާއި ދެކޮޅަށް ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށެވެ.

އަފްޣާނިސްތާން އަދި ޕާކިސްތާނުގެ ގުޅުން ގޯސްވީ، އަފްޣާނިސްތާނުން ޕާކިސްތާނުގައި ހަރަކާތްތެރިވާ ތާލިބާނުންނަށް އެހީތެރިވެދޭކަމަށް ޕާކިސްތާނުން ތުހުމަތުކުރަންފެށިފަހުންނެވެ. ޕާކިސްތާނުގައި ޓެހްރިކް-އޭ-ތާލިބާން ޕާކިސްތާން ނުވަތަ ޓީޓީޕީގެ ހަރަކާތްތައް އިތުރުވީ، ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް މީގެ ހަތަރު އަހަރުކުރިން ހަވާލުވި ހިސާބުންނެވެ.

ބޭރު މީޑިއާތަކުން ރިޕޯޓު ކޮށްފައިވާގޮތުގައި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ޕާކިސްތާނުން ދައްކާފައިވާ ވާހަކަތަކަށް އަފްޣާނިސްތާނުގެ ސަރުކާރުން ވަކިއެއްޗެއް މިހާތަނަށް ބުނެފައެއް ނުވެ އެވެ.

އަފްޣާނިސްތާން ޕާކިސްތާން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ