ރާއްޖޭގެ ގައުމީ ދިފާއީ ބާރަށް ޖަޕާނުން އެހީތެރިކަން ދޭން އެއްބަސްވުމެއްގައި ސޮއިކޮށްފި

Advertisement

އެންމެ ފަސް

Advertisement

ޖަޕާނުން ރާއްޖޭގެ ގައުމީ ދިފާއީ ބާރަށް 2 ހާބަރ ކްރާފްޓް ފޯރުކޮށްދިނުމަށްޓަކައި އެކްސްޗޭންޖް އޮފް ނޯޓްސްގައި ދެ ގައުމުގެ ފަރާތުން ސޮއިކޮށްފި އެވެ.

އެކްސްޗޭންޖް އޮފް ނޯޓްސްގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެވެ. ޖަޕާނުގެ ފަރާތުން އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއި ކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު އިޝިގާމީ ރޫމިކޯ އެވެ.

މިއީ ޖަޕާނުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ރާއްޖެއަށް ފޯރުކޮށްދޭ ދެ ހާބަރ ކްރާފްޓެވެ.

ދެ ގައުމުގެ ދެމެދުގައި ސޮއި ކުރެވުނު އެކްސްޗޭންޖް އޮފް ނޯޓްސްގެ ދަށުން އެމްއެންޑީއެފް ކޯސްޓްގާޑްގެ އޮޕަރޭޝަނަލް ކެޕޭސިޓީ ހަރުދަނާކުރުމަށް 400 މިލިއަން ޖަޕާނު ޔެން (ގާތްގަނޑަކަށް 2.8 މިލިއަން ޑޮލަރު) ގެ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ ރާއްޖެއަށް ޖަޕާނުން ދެމުންދާ އެއްބާރުލުމުގެ އަގުވަޒަން ކުރައްވާފަ އެވެ. މި އުޅަނދުތަކުގެ ސަބަބުން ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގުމާއި، ކަނޑުގެ ގާނޫނު ތަންފީޒުކުރުމާއި، ރަށްތައް ހިމާޔަތްކުރުމުގައި ކޯސްޓްގާޑުގެ ގާބިލްކަން ހަރުދަނާވާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ ތަރައްގީއާއި ކަނޑުގެ ސަލާމަތަށް ޖަޕާނުން ދިގު މުއްދަތަކަށް ކޮށްދެއްވާފައިވާ ކަންކަން މިނިސްޓަރު ހަލީލް ވަނީ ފާހަގަކުރައްވާފަ އެވެ. މިނިސްޓަރު ވަނީ ރާއްޖެއަށް ޑިފެންސް އެޓޭޗާއެއް އައްޔަން ކުރަން ޖަޕާނުން ނިންމި ނިންމުމަށް މަރުހަބާ ވިދާޅުވެ، ދިފާއީ އަދި ސަލާމަތީ ކަންކަމުގައި އެއްބާރުލުން ދިނުމުގައި ދެމިއޮންނާނެކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އަދި ޖަޕާނުގެ އެމްބަސީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.

ރާއްޖެ - ޖަޕާން އެމްއެންޑީއެފް މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ