ފަހަތުން އަރައި ޓޮޓެންހަމް ބަލިކޮށް، ލިވަޕޫލުން ލީގު ކާމިޔާބުކޮށްފި

Advertisement

އެންމެ ފަސް

Advertisement

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހަތުން އަރައި 5-1 ގެ ނަތީޖާއަކުން ޓޮޓެންހަމް ބަލިކޮށް، ލިވަޕޫލުން 20 ވަނަ ފަހަރަށް ލީގު ކާމިޔާބުކޮށްފިއެވެ.

ލިވަޕޫލުން ވަނީ މި ސީޒަންގެ ލީގު ކާމިޔާބުކޮށް، މެންޗެސްޓާ ޔުނައިޓެޑުގެ ރެކޯޑާ ހަމަކޮށްފައެވެ. ރޭގެ މެޗަށް ނިކުތްއިރު، ލިވަޕޫލަށް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.

ލިވަޕޫލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ޓޮޓެންހަމް އިންނެވެ. މެޗު ފެށިގެން 12 ވަނަ މިނެޓުގައި ޓޮޓެންހަމް އަށް ކުރިހޯދައިދިނީ ލިވަޕޫލްގެ ކުރީގެ ކުޅުންތެރިޔާ، ޑޮމިނިކް ސޮލަންކޭ އެވެ.

މެޗުގެ ނަތީޖާ އަނބުރާލުމަށް ލިވަޕޫލަށް މާ ގިނަ ވަގުތެއް ބޭނުމެއް ނުވިއެވެ. ސޮލަންކޭ ލަނޑު ޖެހިތާ ހަތަރު މިނެޓު ފަހުން ލުއިސް ޑިއާޒް ވަނީ ލަނޑު ޖަހައި ލިވަޕޫލަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އަދި މެޗުގެ 24 ވަނަ މިނެޓުގައި އެލެކްސިސް މެކް އަލިސްޓާ ވަނީ ލަނޑު ޖަހައި، ފުރަތަމަ ފަހަރަށް ލިވަޕޫލަށް ކުރިހޯދަދީފައެވެ. ހާފު ނިމުމުގެ ކުރިން ކޯޑީ ގަކްޕޯ ޖެހި ލަނޑާއެކު ލިވަޕޫލުން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ލީޑަކާއެކުއެވެ.

ދެވަނަ ހާފު ފެށިގެން މެޗުގެ 63 ވަނަ މިނެޓުގައި މުހައްމަދު ސަލާހު ވަނީ ލިވަޕޫލަށް ލީޑު ފުޅާކޮށްދީފައެވެ. އަދި އޭގެ ހަ މިނެޓު ފަހުން ޓޮޓެންހަމްގެ ޑެސްޓިނީ އުޑޯގީ އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފައެވެ.

ރޭގެ މޮޅާއެކު، ލިވަޕޫލުން ވަނީ 1990 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ސަޕޯޓަރުންގެ ކުރިމަތީގައި ލީގު ކާމިޔާބުކޮށްފައެވެ. އެ ޓީމުން 2020 ވަނަ އަހަރު ތަށި އުފުލާލިއިރު، ކޮވިޑުގެ ސަބަބުން ސަޕޯޓަރުން ދަނޑަށް ވައްދާފައެއް ނުވެއެވެ.

އިނގިރޭސި ޕްރިމިއާ ލީގު ލިވަޕޫލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ