ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މާލެ ސިޓީ ކައުންސިލުން އެހީ ވަނީ

Advertisement

އެންމެ ފަސް

Advertisement

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ނިންމާފައި 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މާލެ ސިޓީ ކައުންސިލުން އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ފްލެޓު ލިސްޓަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ މަސައްކަތް ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބައިގައި މިއަދުން ފެށިގެން އެޕްރިލް 15 އާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށެވެ.

ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދޭ ވަގުތުތައް:

  • މިއަދުން ފެށިގެން އޭޕްރިލް 5 އަށް: ހެނދުނު 10:00 އިން މެންދުރު 14:30 އަށް އަދި ރޭގަނޑު 21:30 އިން 23:00 އަށް
  • އޭޕްރިލް 6 އިން އޭޕްރިލް 15 އަށް: ހެނދުނު 09:00 އިން ހަވީރު 16:00 އަށް އަދި ރޭގަނޑު 21:00 އިން 23:00 އަށް

ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އޭޕްރިލް 15 ވަނަ ދުވަހުގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވާ އެހެން ހުރިހާ ދުވަހަކު ކުރިއަށް ދާނެކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

ހައުސިން މިނިސްޓްރީން އާންމު ކުރި 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި މިވަގުތު ތިބީ 1،820 މީހުންނެވެ. އެއީ ކުރީ ސަރުކާރުން މި 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓުކަމަށް ބުނެ ނެރުނު ލިސްޓު އަލުން ބެލުމުން އެ ލިސްޓުގައި ތިބި ޝަރުތު ހަމަނުވާ މީހުންނާއި ޕޮއިންޓަށް ބަދަލު އައުމުން އުނިކުރި މީހުން އުނި ކުރުމަށް ފަހު ލިސްޓުގައި ބާކީ ތިބި މީހުންނެވެ. ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ 4،000 ފްލެޓުގެ ބާކީ ފްލެޓްތައް ލިބޭ ފަރާތްތައް ކަނޑައަޅާނީ ބާކީ 15،000 ފޯމްތައް ޗެކް ކުރުމަށް ފަހު ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓު ސަރުކާރުން އާންމު ކުރީ ފެބްރުއަރީ 27 ވަނަ ދުވަހު އެވެ.

ހައުސިން މިނިސްޓްރީ ބޯހިޔާވަހިކަން މާލެ ސިޓީ ކައުންސިލް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެދޮރުވެރިޔާ ސްކީމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ