ހިޔާވެހި ފައިނޭންސިން ޕްރޮގްރާމަށް ފޯމު ހުށަހެޅޭ ސުންގަޑި އިތުރުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ސަރުކާރުން ގެދޮރު އިމާރާތްކުރުމަށް ބޭނުންވާ ފަރާތްތަކަށް ދޫކުރުމަށް ނިންމާފައިވާ ’ހިޔާވެހި ފައިނޭންސިން ޕްރޮގްރާމް‘ އަށް ފޯމު ހުށަހެޅުމުގެ ސުންގަޑި އިތުރުކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ތަޢާރަފުކުރެވުނު ލުއި ލޯނު ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު އެވެ. ސަރުކާރުން އޭރު ފޯމު ހުށަހެޅުމަށް ދީފައިވަނީ 6 ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ހިޔާވެހި ޕްރޮގްރާމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 30 ވަނަ ދުވަހުގެ ރޭ 23:59 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

ހިޔާވެހި ފައިނޭންސިން ޕްރޮގްރާމުގެ ދަށުން ލޯނު ދޫކުރެވޭނީ 5 އިންސައްތައިގެ އިންޓްރެސްޓް ރޭޓެއްގަ އެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް 25 އަހަރުގެ މުއްދަތެއް ދެވޭނެ އެވެ. ހިޔާވެހި ފައިނޭންސިންގ ސްކީމްގެ ދަށުން މުޅިން އަލަށް ގެއެއް އިމާރާތްކުރުމަށާއި، އިމާރާތްކުރަން ފަށާފައިވާ ގެއެއް ނިންމުމަށް ވެސް ލޯނު ނެގުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މި ސްކީމަށް އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށެވެ.

ރައީސް މުއިއްޒު މީގެ ކުރިން ވަނީ މި ސްކީމަކީ ރައްޔިތުންނަށް ލިބިފައިވާ ރަނުގެ ފުރުސަތެއް ކަމަށާއި މި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް ވިދާޅުވެފަ އެވެ.

ހިޔާވަހި ފައިނޭންސް ސްކީމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޯހިޔާވަހިކަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ