ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މަޝްހޫރު ފުޓްބޯޅަ ނޫސްވެރިޔާ، އިޓަލީގެ ފެބްރީޒިއޯ ރޮމާނޯ އެމްބެސެޑަރަކަށް ހަމަޖައްސައިފި އެވެ.
މި މަޢުލޫމާތު ހާމަކޮށްފައިވަނީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރާ ވިޒިޓް މޯލްޑިވްސްއިންނެވެ.
ވިޒިޓް މޯލްޑިވްސްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރާއްޖޭގެ ގްލޯބަލް ބްރޭންޑު އެމްބެސެޑަރުގެ ހައިސިއްޔަތުން ފެބްރީޒިއޯ ރޮމާނޯ ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭ މުހިންމު މަޢުލޫމާތުތައް ހިއްސާކުރަމުންދާނެ ކަމަށެވެ. މި ޕޯސްޓާއެކު ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި ފެބްރީޒިއޯ ވަނީ ބުރަކޮށް މަސައްކަތް ކުރުމަށްފަހު ހިތްހަމަޖައްސާލައި އަރާމުކޮށްލަން އެންމެ ރަނގަޅު ތަނަކީ ރާއްޖެ ކަމަށް ބުނެފައެވެ.
ފެބްރީޒިއޯ ރޮމާނޯއަކީ ފުޓްބޯޅައާ ގުޅޭ ޓްރާންސްފަރ ޚަބަރުތައް ގެނެސްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ، އާންމުންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ނޫސްވެރިއެކެވެ. އޭނާ މީގެ ކުރިންވެސް ވަނީ އެތައް ފަހަރެއްގެ މަތިން ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރުމުން ހިތްހަމަޖެހުން ލިބޭ ކަމަށްވެސް އޭނާ ވަނީ ފާހަގަކޮށްފަ އެވެ.
ރާއްޖޭގެ ގްލޯބަލް ބްރޭންޑްގެ އެމްބެސެޑަރަކަށް ފެބްރީޒިއޯ ރޮމާނޯ އައްޔަން ކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ގިނަ ބަޔަކު ދެކެ އެވެ. ފެބްރީޒިއޯ ރޮމާނޯގެ ބައިނަލްއަޤްވާމީ ޝަޚްޞިއްޔަތާއި ފޮލޯވަރުންގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ އިތުރު ގިނަ ބަޔަކަށް އިޝްތިހާރުވެގެންދާނެ އެވެ.
ވިޒިޓް މޯލްޑިވްސް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)