ރަމަޟާން މަހު އއ. އުކުޅަހުގައި ދީނީ ގިނަ ޙަރަކާތްތަކެއް

Advertisement

އެންމެ ފަސް

Advertisement

ރަމަޟާން މަހާ ގުޅިގެން އއ. އުކުޅަހުގައި ދީނީ ގިނަ ޙަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް ރޭވިފައިވާ ކަމަށް އެރަށު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރަމަޟާން މަހު ރަށުގައި ކުރިއަށްގެންދާ ހަރަކާތްތަކާއި ގުޅޭގޮތުން ”ޖަވިޔަނި“ އަށް މައުލޫމާތުދެއްވަމުން ޝައުކަތު ވިދާޅުވި ގޮތުގައި ދީނީ ދަރުސްތައް ދިނުމުގެ އެކި ޕްރޮގްރާމްތައް ކުރިޔަށް ގެންދެވޭނެ އެވެ. އެގޮތުން ބޮޑެތި ދަރުސްތަކުގެ އިތުރުން ކޮންމެ ދުވަހަކު އަސުރު ނަމާދަށްފަހު މިސްކިތްތަކުގައި ދަރުސް ދިނުން ކުރިޔަށްދާނެ ކަމަށް ޝައުކަތު ވިދާޅުވި އެވެ.

މީގެ އިތުރުން ސްކޫލް ކުދިންނަށް ޚާއްޞަކޮށްގެން ދީނީ ކަންކަމަށް އަހުލުވެރި ކުރުމަށްޓަކައި ފަސް ވަގުތު ނަމާދު ކުރުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި ޕްރޮގްރާމަކީ 60 ދުވަހުގެ މުއްދަތަށް ކުރިޔަށްދާނެ ޕްރޮގްރާމެއް ކަމަށާއި، އެންމެ މޮޅު ކުއްޖަކަށް ޚާއްޞަ އިނާމެއް ދެވޭނެ ކަމަށް ވެސް ޝައުކަތު ވަނީ ހާމަކުރައްވާފަ އެވެ.

އޭގެއިތުރުން ރަމަޟާން މަހުގެ 26 ވަނަ ދުވަހު ފެށިގެންދާނެ މަދަހަ މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، މި މުބާރާތުގައި ވަނަ ހޯދާ ފަރާތްތަކަށް ޝީލްޑާއި ޓްރޮފީ ހަދިޔާ ކުރެވޭނެ ކަމަށް ޝައުކަތު ވިދާޅުވި އެވެ.

ރަމަޟާން 1446 އުކުޅަސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ