މެންބަރުން ހަމަ ނުވެގެން މައުމޫންގެ ތިންވަނަ ޕާޓީ އުވާލައިފި

Advertisement

އެންމެ ފަސް

Advertisement

ޑީއާރްޕީގެ ކުރީގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޕީޕީއެމްއިން ވަކިވެވަޑައިގެންނެވުމަށްފަހު އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލައިފި އެވެ.

އެމްއާރްއެމްއަކީ ރައީސް މައުމޫން އިސްވެ ހުންނަވާ އުފެއްދެވި 3 ވަނަ ޕާޓީ އެވެ. މި ޕާޓީ އުވާލާފައިވާއިރު އެމަނިކުފާނު އެންމެ ފުރަތަމަ އުފެއްދެވި ޑީއާރްޕީވެސް ވަނީ 2023 ވަނަ އަހަރު އުވާލާފަ އެވެ. މީގެ އިތުރުން ރައީސް މައުމޫން ޑީއާރްޕީން ވަކިވެވަޑައިގެންނެވުމަށް ފަހު އުފެއްދެވި ޕީޕީއެމް އުވާލުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

އެމްއާރްއެމް އުވާލުމަށް 2023 ވަނަ އަހަރުވެސް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރި އެވެ. ނަމަވެސް އޭރު އެ ޕާޓީގެ ފަރާތުން ސިވިލް ކޯޓަށް އެ މައްސަލަ ވެއްދުމުން ކޯޓުން ވަނީ އީސީގެ ނިންމުން ގާނޫނާ ޚިލާފު ކަމަށް ކަނޑައަޅާފަ އެވެ.

ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްއާރްއެމް ރަޖިސްޓާކޮށްފައިވަނީ 20 ނޮވެމްބަރު 2019 ގައެވެ. ރައީސް މައުމޫން އިސްވެ ހުންނަވާ އެ ޕާޓީ އުފެއްދެވީ އޭރު އެޕާޓީގެ ތެރޭގައި ޖެހުނު މައްސަލައެއްގައި އޭރުގެ ރައީސް އަދި މައުމޫންގެ ކޮއްކޯފުޅު އަބްދުﷲ ޔާމީންއާ ހިޔާލު ތަފާތުވުމުންނެވެ.

އީސީން އެމްއާރްއެމް އުވާލުމަށް ނިންމާފައިވާ އިރު 3،000 މެންބަރުން ހަމަ ނުވާ އިތުރު 2 ޕާޓީއެއް ރާއްޖޭގައި އެބަ އޮތެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ އުފެއްދެވި ޕީއެންއެފް އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް އިސްވެ ހުންނަވާ އުފެއްދެވި އެމްޓީޑީ އެވެ.

ރައީސް އަބްދުﷲ ޔާމީން ރައީސް މައުމޫން އަބްދުލްގައްޔޫމް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ޕީޕީއެމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ