ފުއްގިރި މައްސަލަ: އޭސީޕީ ރިޔާޒް ހާޒިރުކޮށްދިނުމަށް ޔާމީންގެ ފަރާތުން އެދިއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ހުށާހަޅާފައިވާާ ރ. ފުއްގިރި ހިޔާނާތުގެ މައްސަލައިގެ ޝަރީއަތުގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒް ހެއްކެއްގެ ގޮތުގައި ހާޒިރުކޮށްދިނުމަށް ޔާމީންގެ ފަރާތުން އެދިއްޖެ އެވެ.

ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ތުހުމަތު ކުރެވެނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް އެއް މިލިއަން ޑޮލަރުގެ ރިޝްވަތެއް ބަލައިގަނެ، އެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރެއްވި ކަމުގެ ތުހުމަތެވެ.

މި މައްސަލައިގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިއޮތީ ހެނދުނު 10:30 އަށެވެ. މި މައްސަލައިގެ ހެކިބަސް ނަގާ ނިމިފައިވާއިރު މިހާރު އޮތީ ހެއްކާއި ގުޅޭގޮތުން ވާހަކަދެއްކުމުގެ މަރުހަލާގަ އެވެ.

މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން ވަނީ މި މައްސަލައިގައި ކުރިން ދައުވާލިބުނު އަހުމަދު ކްރިކް ރިޒާއަށް އޭސީޕީ ރިޔާޒް ނުފޫޒު ފޯރުވި ކަމަށް ބުނާ އޯޑިއޯއެއް ފެންމަތިވެފައިވާތީ އެ އޯޑިއޯ ހޯދައިދިނުމަށް އެދިފަ އެވެ. މީގެއިތުރުން އޭސީޕީ ރިޔާސް ކޯޓަށް ހާޒިރުކޮށް ހެކިބަސް ނަގައިދިނުމަށްވެސް އެދިފައިވެ އެވެ.

މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނިންމެވީ ޔާމީންގެ ފަރާތުން ހުށަހެޅި ހުށަހެޅުން ދިރާސާ ކުރެއްވުމަށްފަހު ފަހުން ގޮތެއް ނިންމެވުމަށެވެ. އަދި ހެއްކާއި ގުޅޭގޮތުން ވާހަކަ ދެއްކުން މިއަދު ކުރިއަށް ނުގެންގޮސް މިއަދުގެ އަޑުއެހުން ވަނީ ނިންމަވާލައްވާފަ އެވެ.

ރ. ފުއްގިރި މައްސަލައިގެ ތަފްސީލު:

ޕީޖީ އޮފީހުން މި މައްސަލައިގައި މީގެކުރިން ބުނެފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައިފައިވާ ކަމަށެވެ.

މީގެ އިތުރުން ރިޝްވަތުގެ ގޮތުގައި ހޯދައިފައިވާ ފައިސާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން ލޯންޑާ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށްވެސް ޕީޖީން ބުނެފައިވެ އެވެ.

މި މައްސަލައިގައި ޕީޖީން ދައުވާކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ.

ރައީސް އަބްދުﷲ ޔާމީން ކްރިމިނަލް ކޯޓު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ