އެސްޓޯނިއާގެ މަޖިލިސް ރައީސް ދެއްވި ފަރިއްކޮޅެއްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންފި

Advertisement

އެންމެ ފަސް

Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެސްޓޯނިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ލޯރީ ހުއްސާރް ދެއްވި ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގެންފި އެވެ.

މި ފަރިއްކޮޅު ބޭއްވުނީ އެސްޓޯނިއާގެ ޤާނޫނު ހަދާ މަޖިލިސް ”ރިގިކޮގޫ“ ގަ އެވެ.

ރައީސް މުއިއްޒު މަޖިލިސް އިމާރާތަށް ވަޑައިގަތުމުން، އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އެސްޓޯނިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ލޯރީ ހުއްސާރެވެ. މި ތާރީޚީ ބައްދަލުވުމުގައި ދެ ބޭފުޅުން ހަނދާނީ ފޮޓޯއެއް ނަންގަވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހުގެ މެހުމާނުންގެ ފޮތުގައި ސޮއިކުރައްވާފައެވެ.

ފަރިއްކޮޅުގެ ތެރޭގައި ދެ ބޭފުޅުން ވަނީ ދިވެހިރާއްޖެއާއި އެސްޓޯނިއާގެ މެދުގައި ގުޅުން ބަދަހިކުރުމާއި، ދެ ޤައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ ތަރައްޤީގެ އެޖެންޑާއާއި ޢާންމު ޚިދުމަތްތައް ހަރުދަނާކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

އެސްޓޯނިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ލޯރީ ހުއްސާރް ވަނީ އީ-ވޯޓިންގ އާއި ޑިޖިޓަލް ގަވަރނަންސްގެ ދާއިރާއިން އެސްޓޯނިއާ ހޯދާފައިވާ ކާމިޔާބީތަކުގެ މަޢުލޫމާތު ރައީސް މުއިއްޒާ ހިއްސާކުރައްވާފައެވެ. މީގެ އިތުރުން، ދެ ޤައުމުގެ މެދުގައި ހިއްސާކުރެވޭ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް އެކުގައި މަސައްކަތްކުރުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުން ނިމިގެން ދިޔައީ ބައިނަލްއަޤްވާމީ ސުލްޙަ މަސަލަސްކަމާއި ސަލާމަތާ ގުޅޭގޮތުން ދެ ޤައުމުގެ މެދުގައި ހުރި ކަންބޮޑުވުންތައް ފާހަގަކުރައްވައި، ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމު އެކުގައި މަސައްކަތްކުރުމުގެ ޢަޒުމު އައުކުރެއްވުމާ އެކުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އެސްޓޯނިއާ އެސްޓޯނިއާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ