ރައީސް މުއިއްޒު އެސްޓޯނިއާގެ ރައީސަށް ޝުކުރު އަދާކުރައްވައިފި

Advertisement

އެންމެ ފަސް

Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެސްޓޯނިއާއަށް ކުރައްވަމުންދާ ތާރީޚީ ދަތުރުފުޅުގައި، އެ ޤައުމުގެ ރައީސް އަލަރ ކަރިސްއަށް ޚާއްސަ ޝުކުރެއް އަދާކުރައްވައިފި އެވެ.

ރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރައްވާ މި ދަތުރުފުޅާ ގުޅޭގޮތުން އެކްސްގައި ޕޯސްޓެއް ކުރައްވަމުން، ރައީސް މުޢިއްޒު ވަނީ އެ ޤައުމުގެ ރައީސާއި ސަރުކާރުން ދެއްވި ދަޢުވަތަށާއި، ލިބިވަޑައިގެންނެވި ފުރިހަމަ މެހެމާންދާރީއާއި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވާފައެވެ.

އިއްޔެ އެސްޓޯނިއާގެ ރައީސާއެކު ބޭއްވެވި ބައްދަލުވުމުގައި، ދެ ޤައުމުގެ ގުޅުން ބަދަހިކުރުމުގެ މައްޗަށް މަޝްވަރާކުރެވުނެވެ. މި ބައްދަލުވުމުގައި ޑިޖިޓަލް ދާއިރާ، ސައިބަރ ސެކިއުރިޓީ، މޫސުމަށް އަންނަ ބަދަލުތައް އަދި ތަޢުލީމީ ދާއިރާގެ ކަންކަމުގައި ދެ ޤައުމުގެ އިސްކަންދޭ ކަންތައްތަކުގެ މައްޗަށް ބިނާކޮށް ކުރިއަށް އޮތް އަހަރުތަކުގައި އެއް ވިސްނުމެއްގައި މަސައްކަތްކުރުމަށް ވަނީ އެއްބަސްވެވިފައެވެ.

ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖެ އަދި އެސްޓޯނިއާ ފަދަ ކުދި ޤައުމުތަކުގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަން އޮތުމަކީ އެ ޤައުމުތަކުގެ ސަލާމަތާއި މިނިވަންކަމަށް މުހިންމު ކަމެއްގެ އިތުރުން، ދުނިޔޭގެ ސުލްޙައާއި ދެމެހެއްޓެނިވި ތަރައްޤީއަށްވެސް މުހިންމު ކަމެކެވެ.

މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި އެސްޓޯނިއާގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ދަތުރުފުޅެއް ކަމަށް ބެލެވެއެވެ. ޚާއްޞަކޮށް ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަރާފައިވާ ޤައުމެއްގެ ގޮތުގައި އެސްޓޯނިއާ ފާހަގަކުރެވޭއިރު، މި ދާއިރާއިން ދިވެހިރާއްޖެއަށް ލިބިދާނެ ފައިދާތަކަކީ ގިނަގުނަ ކަމެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އެސްޓޯނިއާ އެސްޓޯނިއާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ