3 ވަނަ ކުވާޓާގައި ދިރާގުގެ އާމްދަނީ 691 މިލިޔަށް އަރައިފި

Advertisement

އެންމެ ފަސް

Advertisement

މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 691.1 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މިއީ މި އަހަރުގެ ދެވަނަ ކުއާޓަރުގައި ދިރާގަށް ލިބުނު އާމްދަނީއަށްވުރެ އިތުރުވުމެކެވެ. ދެވަނަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި ލިބުނީ 687.2 މިލިއަން ރުފިޔާ އެވެ.

އެންމެ ބޮޑު އާމްދަނީއެއް ދިރާގަށް މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނީ މޯބައިލް ހިދުމަތްތަކުންނެވެ.

އެގޮތުން، މޯބައިލް ހިދުމަތްތަކުން 363.3 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު ފިކްސްޑް، ބްރޯޑްބޭންޑް އަދި އެންޓަޕްރައިސް ހިދުމަތްތަކުން 306.7 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ.

މީގެ އިތުރުން، އެހެނިހެން ހިދުމަތްތަކުން މި އަހަރުގެ ތިންވަނަ ކުއާޓަރުގައި 21 މިލިއަން ރުފިޔާގެ އާމްދަނީއަށް ވަނީ ލިބިފަ އެވެ.

އަދި ޓެކުހަށް ކެނޑުމުގެ ކުރިން މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ފައިދާއަކީ 282 މިލިއަން ރުފިޔާ އެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ދިރާގަށް ފައިދާގެ ގޮތުގައި 241.2 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ދިރާގު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ