ޕީޖީގެ މަގާމަށް އަޅުގަނޑު ބޭނުންވާމީހެއް ލާން ގަސްދުނުކުރަން: އަބްދުއްރަހީމް

Advertisement

އެންމެ ފަސް

Advertisement

ޕީޖީގެ މަގާމަށް އެމަނިކުފާނު ބޭނުންވާމީހެއް ލާން ގަސްދުނުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިގޮތަށް ވިދާޅުވީ ރޭ ސަންގު ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި އަބްދުއްރަހީމްވެސް ކުށްވެރިވާ ކަމަށް ޔާމީން ވަނީ ތުހުމަތުކުރައްވާފަ އެވެ. އެކަން ވަންހަނާކުރުމުގެ ގޮތުން ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އަބްދުއްރަހީމް ބޭނުންވާ މީހެއް ގެންނަން ލޮބީކުރަމުންދާ ކަމަށްވެސް ޔާމީން ތުހުމަތުކުރައްވާފަ އެވެ. އެކަމަށް ރައްދުދެއްވާ، އަބްދުއްރަހީމް އިއްޔެގެ އިންޓަވިއުގައި ވަނީ ޕީޖީގެ މަގާމަށް އެމަނިކުފާނާއި ގާތް ބޭފުޅެއް އިސްކުރައްވަން ގަސްދުނުކުރައްވާ ކަމަށެވެ.

”އަޅުގަނޑު ލޮބީއެއް ނުކުރަން. އަނެއްކަމަކީ އެ ބޭފުޅުންނަށް ހީވަނީ ވަކި ބޭފުޅަކު، މިސާލަކަށް އަޅުގަނޑާ ގުޅުން އޮތް ބޭފުޅަކު އެ މަގާމަށް އަތުވެދާނެއޭ. އެއީ އެވަރުގެ އިލްމީ ގާބިލު މީހުން އަޅުގަނޑުގެ ފެމިލީގައި ތިބީމަތާ އެ ޝައްކު އުފައްދަން ޖެހޭނީ.”

ޕީޖީގެ މަގާމަށް ކޮންމެ ބޭފުޅަކު އައްޔަންކުރެއްވިޔަސް، އެމަނިކުފާނާއި ދެކޮޅަށް ސާބިތުކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަޅުގަނޑަށް ހެޔޮ ޔާމީން ޕީޖީގެ މަގާމަށް ގެނަޔަސް މަލީހު އެ މަގާމަށް ގެނަޔަސް. ޖަމީލު ގެނަޔަސް މައްސަލައެއް ނެތް. އަދުލުވެރި އިންސާފުވެރި ޝަރީއަތެއް ހިންގައިފި ނަމަ އެމްއެމްޕީއާރްސީ މައްސަލައެއް ނޫން، އެހެން މައްސަލައެއްގަވެސް ސާބިތުކުރެވޭނެ ކުށެއް ކޮށްފައެއް ނޯންނާނެ.

އަބްދުއްރަހީމް ވިދާޅުވީ ޕީޖީގެ މަގާމަށް އެމަނިކުފާނާ އަރިސް ބޭފުޅަކު އައްޔަން ކުރައްވަފާނެތީ ޕީއެންއެފްގެ އިސްވެރިން އެކަމާ ކަންބޮޑު ވަނީ އެމަނިކުފާނާއި އަރިސް ބޭފުޅަކު އެ މަގާމަށް އައްޔަންކުރެވިއްޖެ ނަމަ ޔާމީންގެ ހިޔާނާތުގެ މައްސަލަތައް އިތުރަށް އަވަހަށް ކުރިއަށް ގެންދެވިދާނެތީ ކަމަށެވެ. ނަމަވެސް، އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ފަރާތެއް އެ މަގާމަށް އިސްކުރައްވަން ގަސްދުނުކުރައްވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

މީގެ އިތުރުން އެމަނިކުފާނުގެ އާއިލާ ބޭފުޅުން ސަރުކާރުގެ މަގާމުތަކުގައި ތިއްބެވީ ތައުލީމީ ގާބިލް މީހުންނަށް ވުމުންކަމަށްވެސް އަބްދުއްރަހީމް ވަނީ ވިދާޅުވެފަ އެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އެމްއެމްޕީއާރްސީ ހިޔާނާތް މަލީހް ޖަމާލް ޑރ. މުހައްމަދު ޖަމީލް ޕީއެންއެފް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ