ރައްޔިތުންނާއި ގުޅުންހުރި ޓެކްސްތައް ބޮޑުކުރުމުގެ ވިސްނުމެއް ނެތް: ފިނޭންސް މިނިސްޓަރު

Advertisement

އެންމެ ފަސް

Advertisement

ރައްޔިތުންނާއި ގުޅުންހުރި ޓެކްސްތައް ބޮޑުކުރުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީޤް ވިދާޅުވެއްޖެ އެވެ.

ޑރ. ޝަފީގު މިގޮތަށް ވިދާޅުވީ މިއަދު މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ކުރެއްވި ސުވާލުތަަކަށް ޖަވާބުދެއްވަމުން ނެވެ.

މި ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ޓެކްސްތަކާ ފީތަކުން ރައްޔިތުންނަށް އޭގެ ބުރައެއް ނުވާ ގޮތަށް ގެންދިއުން ކަމަށެވެ. އެގޮތުން ޖީއެސްޓީ، ޓީޖީއެސްޓީ، ބީޕީޓީ، ވިތްހޯލްޑިންގ ޓެކްސް ފަދަ ޓެކްސްތައް ބޮޑު ކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް ވަޒީރު ހާމަކުރެއްވި އެވެ.

ޖެނުވަރީ 2023 އިން ފެށިގެން ޓެކްްސް ރޭޓްތައް ބޮޑުކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ ބަދަލުގައި ސަރުކާރަށް ލިބެންޖެހޭ އާމްދަނީ ވީހާވެސް ބޮޑަށް ލިބޭގޮތަށް ހަދަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ސަރުކާރަށް އެކި ޓެކްސްގެ ގޮތުގައި މިހާރު ނުލިބި ހުރި އަދަދުތައް ހޯދެވުމަށް ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި 2026 ވަނަ އަހަރު ގިނަ ދަރިނިތަކެއް އެއްފަހަރާ ސަރުކާރުން ދައްކަންޖެހޭ ކަމަށެވެ. އަދި އެ ދަރަނިތައް ޑޮލަރުން ދެއްކަންޖެހޭއިރު، އަމާޒަކީ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު ބޮޑުކުރުން ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެހެންކަމުން ޓެކްސްތައް އިތުރުކުރުމުގައި، ރައްޔިތުންނަށް އަސަރު ނުކުރާނެހެން ޓެކްސް ނިޒާމް ފުޅާކޮށް، ފަންޑު ބޮޑުކުރުމަށް މަސައްކަތްކުރައްވާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުން މިހާރު ވިސްނުންހުރީ ބޮޑުވާ ދަރަނިތައް ދެއްކުމުގެ ގޮތުން އެއާޕޯޓް ފީގެ އިތުރުން ގްރީން ޓެކްސް ބޮޑުކުރުމަށް ކަމަށެވެ. އެގޮތުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިހާރު ލިބެމުން އަންނަ 145 މިލިއަން ޑޮލަރުގެ އާމްދަނީ 251 މިލިއަން ޑޮލަރަށް އިތުރު ވާނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވެ އެވެ.

ރާއްޖޭގެ އިޤްތިސާދީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ވަނީ އިސްލާހީ ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފަ އެވެ. އެގޮތުން ދައުލަތުގެ ހަރަދު ކުޑަކޮް، ނުލިބިހުރި ފައިސާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަމަށް ސަރުކާރުން ހާމަކުރެ އެވެ.

ރައްޔިތުންގެ މަޖިލިސް ރާއްޖޭގެ އިގްތިސާދީ ހާލަތު މިނިސްޓްރީ އޮފް ފިނޭންސް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ