ދިރާގުން އެކުންފުންޏަށް އަގުހުރި ހިދުމަތްތައް ކޮށްދީފައިވާ މުވައްޒަފުންގެ އަގުވަޒަން ކޮއްފި

Advertisement

އެންމެ ފަސް

Advertisement

ދިރާގުން އެކުންފުންޏަށް އަގުހުރި ހިދުމަތްތައް ކޮށްދިފައިވާ މުވައްޒަފުންގެ އަގު ވަޒަން ކޮށްފި އެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި ރޭ ބޭއްވި މި އިވެންޓް ޝަރަފުވެރި ކޮށްދެއްވީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދެވެ. މި އިވެންޓްގައި 79 މުވައްޒަފަކަށް އެވޯޑް ދީފައިވެއެވެ.

ދިރާގް އަހަރީ އެވޯޑް ދިނުމުގެ ހަފްލާގައި ދީފައިވާ އެވޯޑް ތަަކަކީ:

* 10 ،15، އަދި 20 އަހަރު ކުންފުންޏަށް ހިދުމަތް ކޮށްދިން މުވައްޒަފުންނަށް ދޭ އެވޯޑް: މި އެވޯޑް 45 މުވައްޒަފަކަށް ވަނީ ލިބިފައެވެ.

* ޑިވިޝަނަލް މެރިޓް އެވޯޑް: މި އެވޯޑަށް 15 މުވައްޒަފަކަށް ވަނީ ދީފައެވެ.

* ސްޕްޝަލް މެރިޑް އެވޯޑް : މި އެވޯޑް 11 މުވައްޒަފަކަށް ވަނީ ދީފައެވެ.

* އިނޮވޭޝަން އެވޯޑް : މި އެވޯޑް ދެމުވައްޒަފަކަށް ވަނީ ދީފައެވެ.

ރޭގެ އެންމެ ޝަރަފުވެރި އެވޯޑްކަމަށްވާ ޗެއާމަންގެ އެވޯޑް ލިބިފައިވަނީ ދިރާގުގެ އިންޖިނިއަރ ކޯ ސިސްޓަމްސް އިސްމާއިލް ސަމާހަށެވެ. މި އިވެންޓްގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އަދި އެކުނަފުނީގެ ބޯޑް މެމްބަރުންނާއި އިސްބޭފުޅުން ވެސްވަނީ ބައިވެރިވެފައެވެ.

ދިރާގުން ބުނާ ގޮތުގައި އެކުންފުނީގެ މުވައްޒަފުން ބާރުވެރިކޮށް ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ފުވައްޒަފުންކުރާ ހީވާގި މަސައްކަތް ފާހަގަކޮށް އެކުންފުނިން އަބަދުވެސް އަގުވަޒަން ކުރާނެ އެވެ.

ދިރާގު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ