އިޒްރޭލުން ޣައްޒާގައި ހަތަރު ނޫސްވެރިން ޝަހީދުކޮށްލައިފި

Advertisement

އެންމެ ފަސް

Advertisement

އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ ޣައްޒާއިން ހަތަރު ނޫސްވެރިއަކު ޝަހީދުކޮށްލައިފި އެވެ.

ބޭރު މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ޣައްޒާގައި ހުންނަ ނާސިރް ހޮސްޕިޓަލަށް އަމާޒުކޮށް އިޒްރޭލުން ދިން ހަމަލާގައި ޝަހީދުކޮށްލާފައިވަނީ އަލްޖަޒީރާގެ ފޮޓޯ ޖާނަލިސްޓް މުހައްމަދު ސަލާމާ، ރޮއިޓާސްގެ ފޮޓޯ ޖާނަލިސްޓް ހުސާމް އަލް މަސްރީ، އެސޯސިއޭޓެޓް ޕްރެސް އަދި އިތުރު މީޑިއާތަކަކަށް މަސައްކަތްކޮށްދޭ ޖާނަލިސްޓް މަރިޔަމް އަބޫ ދާގާ އަދި އެންބީސީ ނެޓްވޯކްގެ ޖާނަލިސްޓް މުއާޒް އަބޫ ތާހާ އެވެ.

މި އެންމަންނަކީވެސް ފަލަސްތީނަށް ނިސްބަތްވާ މީހުން ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

މީގެއިތުރުންވެސް އިޒްރޭލުގެ މިހަމަލާގައި އިތުރު ނޫސްވެރިންތަކަކަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށްވެސް ރިޕޯޓުކޮށްފައިވެ އެވެ. ޣައްޒާގައި ހުންނަ ނާސިރް ހޮސްޕިޓަލަށް އަމާޒުކޮށް އިޒްރޭލުން ދިން ހަމަލާގައި ޖުމުލަ 14 މީހުން ޝަހީދުކޮށްލާފައިވެ އެވެ.

2023 އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 240 އަށްވުރެ ގިނަ ނޫސްވެރިން ޝަހީދުކޮށްލާފައިވެ އެވެ.

ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ ޔަހޫދީ ސަރުކާރުން މިހާރު ވަނީ ޣައްޒާ އެއްކޮށް ހިފުމަށް ނިންމާ އެ ނިންމުން ތަންފީޒުވެސް ކުރަން ފަށާފަ އެވެ. އެގޮތުން ޣައްޒާގެ ދެކުނުގެ ސަރަހައްދުތަކަށް ވަރުގަދަ ހަމަލަތާއް ދެމުންދާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

އިޒްރޭލް-ފަލަސްތީން ގައްޒާ ހަނގުރާމަ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ