ފަލަސްތީނުގެ 63 އާސާރީ ސަރަހައްދަކީ އިޒްރޭލުގެ ތަރިކަ ކަމަށް އިއުލާނުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ 63 އާސާރީ ސަރަހައްދަކީ، އިޒްރޭލުގެ ތަރިކަ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން އިއުލާނު ކޮށްފައިވާ ކަމަށް ބޭރު މީޑިއާތަކުން ރިޕޯޓު ކޮށްފި އެވެ.

ފަލަސްތީނުގެ ރިސާޗް އިންސްޓިޓިއުޓް، ’އެޕްލައިންޑް ރިސާޗް އިންސްޓިޓިއުޓް ޖެރޫސަލަމް’އާ ހަވާލާދީ ބޭރު މީޑިއާތަކުން ބުނެފައިވަނީ، ހުޅަނގު އައްސޭރީގައިވާ ފަލަސްތީނުގެ 63 އާސާރީ ސަރަހައްދަކީ، އިޒްރޭލުގެ ތަރިކަ ކަމަށް އަސްކަރިއްޔާއިން އިއުލާނު ކުރިކުރުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށެވެ. އަދި މިކަމަކީ ފަލަސްތީނުގެ އައިޑެންޓިޓީއަށް އޮތް ސީދާ ނުރައްކަލެއް ކަމަށްވެސް ބުނެފައިވެ އެވެ.

އެޕްލައިންޑް ރިސާޗް އިންސްޓިޓިއުޓް ޖެރޫސަލަމްގެ ރިޕޯޓެއްގައި ބުނެފައިވަނީ، ފަލަސްތީނުގެ އާސާރީ ސަރަހައްދުތަކަށް އަމާޒުކޮށް އިޒްރޭލުން ފަށާފައިވާ ޖަރީމާއަކީ، ފަލަސްތީނުގެ އާސާރީ ސަރަހައްދުތައް ފޭރިގަތުމަށް އިންތިޒާމުވެގެން ހިންގާ ކަމެއް ކަމަށެވެ.

އެގޮތުން ފަލަސްތީނުގެ އާސާރީ ތަންތަނަށް ވެރިވެގަނެ އެތަންތަން އިޒްރޭލުން ފޭރެނީ، ފަލަސްތީނުގެ ބިންތައް އިސްތިއުމާރުކޮށް ޔަހޫދީން އެތަންތަނުގައި ވަޒަންވެރިކުރުވުމަށް ހީލަތްތެރިކަމާއެކު ރޭވިގެން ހިންގާ ކަމެއްގެ ގޮތުގައި ކަމަށް ބުނެފައިވެ އެވެ. އަދި އާސާރީ ސަރަހައްދުތައް ހިފުމަށްފަހު އެތަންތަނުގައި ޔަހޫދީން ވަޒަންވެރިކޮށް، އިޒްރޭލުގެ މިލިޓަރީ ޕޯސްޓްތައް ގާއިމުކުރުންފަދަ ކަންކަން ކުރާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ފަލަސްތީނުގެ 63 އާސާރީ ސަރަހައްދަކީ، އިޒްރޭލުގެ ތަރިކަ ކަމަށް އަސްކަރިއްޔާއިން އިއުލާނު ކުރިއިރު، ފަލަސްތީނުގެ 2400 އަށްވުރެ ގިނަ އާސާރީ ތަންތަނަކީ ޔަހޫދީންގެ ތަންތަނުގެ ގޮތުގައި ގިންތި ކޮށްފައިވާ ކަމަށްވެސް މި ރިޕޯޓުގައި ބުނެފައިވެ އެވެ.

ފަލަސްތީނުގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވާގޮތުގައި 2024 ވަނަ އަހަރު ނިމުނުއިރު ހުޅަނގު އައްސޭރީގެ ބިންތައް ފޭރިގަނެ ވަޒަންވެރިވި ޔަހޫދީންގެ އަދަދު 770،00 އަށްވުރެ މައްޗަށް އަރަ އެވެ.

ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެފައިވާ ޔަހޫދީންގެ ސަރުކާރުން މިހާރު ވަނީ ހުޅަނގު އައްސޭރީގެ އިތުރުން ޣައްޒާ އެއްކޮށް ހިފުމަށްވެސް ނިންމާފަ އެވެ. އެގޮތުން ޣައްޒާ ހިފުމަށްޓަކައި ލަޝްކަރުތައް ތައްޔާރުކޮށް އެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.

އިޒްރޭލް-ފަލަސްތީން ފަލަސްތީނުގެ ހުޅަނގު އައްސޭރި

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ