ފުވައްމުލަކުގައި މިފްކޯގެ ފިޝް ޕްރޮސެސިންގ ފެސިލިޓީ ހުޅުވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ފުވައްމުލަކު މަސްވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން އެ ސިޓީގައި ގާއިމުކުރި ފުވައްމުލައް ފިޝް ޕްރޮސެސިންގ ފެސިލިޓީ މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

މި ފެސިލިޓީ ހުޅުވައިދެއްވީ ފުވައްމުލަކު ބަނދަރު ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްތަލިބެވެ.

މި ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރ މުއްތަލިބުގެ އިތުރުން މިފްކޯގެ ސީއީއޯ ބްރިގޭޑިއާ ޖެނެރަލް (ރޓޑ) ފަރުހަތު ޝަހީރާއި ސްޓްރެޓެޖިކް ކޮންސަލްޓެންޓް އާތިފް ޝަކޫރު ވާހަކަ ދެއްކެވި އެވެ. މީގެ އިތުރުން ފުވައްމުލަކު ދެކުނު ދާއިރާގެ މަޖިލީސް މެންބަރު އިބްރާހީމް ހުސައިނާއި ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގާއި ކައުންސިލް މެންބަރުންނާއި އެ ސިޓީގެ ގިނަ އަދަދެއްގެ މަސްވެރިން މި ރަސްމިއްޔާތުގައި ބައިވެރިވި އެވެ.

މި ފެސިލިޓީގެ ސަބަބުން ފުވައްމުލަކުގެ ރައްޔިތުންނަށް ރައްކާތެރި ގޮތުގައި މަސް ފޯރުކޮށްދިނުމުގެ އިތުރުން، މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމަށް ފުޅާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެ އެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި މި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް، މަހުގެ ސްޓޯރޭޖް ކެޕޭސިޓީއާއި މަސް ދަޅުގައި ބަންދުކުރުމުގެ ކެޕޭސިޓީ އިތުރުކުރުމެވެ.

ފުވައްމުލަކުގައި މަސްފެކްޓްރީއެއް ގާއިމް ކުރުމުގެ މަސައްކަތަކީ ދިގު މުއްދަތެއް ނަގާފައިވާ މަސައްކަތެކެވެ. ފުރަތަމަ މި މަސައްކަތް އަމިއްލަ ފަރާތަކުން 2019 ވަނަ އަހަރު ފެށި ނަމަވެސް، 2021 ވަނަ އަހަރު ތަފާތު ސަބަބުތަކާ ގުޅިގެން މަސައްކަތް ހުއްޓުނެވެ. މަސައްކަތް ހުއްޓުމާ ގުޅިގެން 2022 ވަނަ އަހަރު ފުވައްމުލަކު ސިޓީ ކައުންސިލުން ސަރުކާރުގައި އެދުނީ މި މަސައްކަތް އަލުން ފަށައިދިނުމަށެވެ.

މި މަސައްކަތް މިފްކޯއާ ހަވާލުކުރެވުނު ނަމަވެސް، އަނެއްކާވެސް މަސައްކަތް މެދުކެނޑުނެވެ. ނަމަވެސް، މި މަސައްކަތް އަލުން ފެށުނީ މި އަހަރުގެ އޮގަސްޓު މަހު މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގައި، މި އަހަރު ނިމުމުގެ ކުރިން ހިދުމަތް ފެށުމަށް ދެއްވި ޔަގީންކަމާ އެކުގަ އެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ފުވައްމުލަށް ސިޓީ ފުވައްމުލަށް ސިޓީ ކައުންސިލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ