ލަންކާއަށް އިސްރޭއީލުން ވެރިވެގަންނަނީ، ފަތުރުވެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފި

Advertisement

އެންމެ ފަސް

Advertisement

ސްރީލަންކާގެ މަޝްހޫރު ފަތުރުވެރި މަންޒިލެއް ކަމަށްވާ އަރުގަމް ބޭގައި އިސްރޭލީ ނުފޫޒު އިތުރުވަމުންދާ ކަމަށް ބުނެ، ބައިނަލްއަޤްވާމީ ފަތުރުވެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

މި މައްސަލައާ ގުޅޭގޮތުން އަޑުއުފުލާފައިވާ ފަރާތްތަކުގެ ތެރޭގައި ބައިނަލްއަޤްވާމީ ޑީޖޭއެއް ކަމަށްވާ ޓޮމް މޮނާގަލް ހިމެނެއެވެ.

އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ޙިއްސާކުރި ވީޑިއޯތަކެއްގައި، އަރުގަމް ބޭގެ ގިނަ ސަރަޙައްދުތަކެއްގައި ހީބްރޫ ބަހުން ލިޔެފައިވާ ބޯޑުތަކާއި މެނޫތައް ހުރިކަން ފާހަގަކޮށްފައިވެއެވެ. އަދި ބައެއް ތަންތަނުގައި އިސްރާއީލު ޑިފެންސް ފޯސް (އައިޑީއެފް) އަށް ތާއީދުކުރާ ސްޓިކަރުތައް ހަރުކޮށްފައިވާކަންވެސް އޭނާ ފާހަގަކޮށްފައިވެއެވެ.

”އަހަރެން ހީކުރީ ސްރީލަންކާގެ އަރުގަމް ބޭގައި އުޅޭ ކަމަށް، އެކަމަކު މިތަން ވައްތަރުވަނީ އިސްރާއީލުގެ ތެލްއަވީވްއާ،“ މޮނާގަލް ބުނެފައިވެއެވެ. އަދި އެސަރަޙައްދުގައި ސިންހަލަ އަދި ތަމިޅު ބަހަށްވުރެ ހީބްރޫ ބަސް ބޭނުންކުރާ މިންވަރު މާބޮޑުކަން ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، އަރުގަމް ބޭގައި އިސްރާއީލީން ހިންގާ ވިޔަފާރިތަކުން އަމިއްލަ އިވެންޓްތައް ރާވައި، ބައެއް ހާލަތްތަކުގައި ސްރީލަންކާގެ ރައްޔިތުންނަށް ވަނުން މަނާކުރާ ކަމަށްވެސް މޮނާގަލް ތުހުމަތުކޮށްފައިވެއެވެ. މި މައްސަލައާ ގުޅޭގޮތުން ސްރީލަންކާ ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިނުވާ ކަމަށްވެސް އޭނާ ފާހަގަކޮށްފައިވެއެވެ.

”އިސްރާއީލީން އަރުގަމް ބޭއަށް އައިސް އެމީހުންނަށް އެންމެ ރަނގަޅަށް ކުރަން އެނގޭ ކަންތައް ކޮށްފި، އެތަން އަތުލައި، ވައްކަންކޮށް، އެތަން ހަދާލާފައި އޮތީ ތެލްއަވީވްގައި އުޅޭހެން ހީވާ ގޮތަށް،“ މޮނާގަލް މިހެން ބުނެ، އެސަރަޙައްދަށް ޒިޔާރަތްކުރާ ފަތުރުވެރިއެއްގެ ހައިސިއްޔަތުން، އެފަދަ މާޙައުލެއްގައި ޖާގަ ޙިއްސާކުރަން ބޭނުންނުވާ ކަމަށް ބުނެފައިވެއެވެ.

ވިޑިއޯ ބަލާލުމަށް: މިޔަށް ފިތާލާ

އިސްރޭއީލްގެ މީހުންގެ އަދަދު އިތުރުވެ، އިސްރާއީލް ކައިރީގައި އޮންނަށް ރަށެއްކަމަށްވާ ސައިޕްރެސް ރައްޔިތުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ދުނިޔޭގެ ހުރިހާ ޤައުމުގެ ރައްޔިތުންވެސް މިހާރު ގަބޫލުކުރާ ގޮތުގައި އިސްރާއީލްގެ ރައްޔިތުން އެ ޤައުމަކަށް މާގިނައިން ދަތުރުކުރާނަމަ، އެ ޤައުމަކަށް ވެރިވެގަތުމުގެ ބިރު އެވެ.

އިސްރޭއީލްއަކީ ފަލަސްތީން ރައްޔިތުންގެ ބިންތައް ފޭރިގަނެ، އެ ރައްޔިތުން މިހާރުވެސް ބަނޑަށް މަރަމުންދާ ސަރުކާރަކަށް ވާގިވެރިވާ ޖައްބާރު، އަނިޔާވެރި، ލާއިންސާނީ، ރުހުމުކުޑަ ބަޔަކު އުޅޭ ޤައުމެކެވެ.

އިޒްރޭލް ސްރީލަންކާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ