ޓެޑީ ބެއާތަކެއްގައި ފޮރުވައިގެން އެތެރެކުރަން އުޅުނު 10 ކިލޯގެ ޑްރަގް އަތުލައިގެންފި

Advertisement

އެންމެ ފަސް

Advertisement

ޓެޑީ ބެއާތަކެއްގެ ތެރޭގައި ފޮރުވައިގެން ސްރީ ލަންކާއަށް އެތެރެ ކުރަން އުޅުނު 10 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

މި މަސްތުވާތަކެތި އަތުލައިގެންފާ ވަނީ ލަންކާގެ ބަންޑާރަނައިކީ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މި މަސްތުވާތަކެތި އެތެރެ ކުރުމުގެ ތުހުމަތުގައި ލަންކާ ފުލުހުން ވަނީ އިޓަލީއަށް ނިސްބަތްވާ ފިރިހެނަކު ހައްޔަރުކޮށްފަ އެވެ.

ހައްޔަރު ކުރި މީހާއަކީ ލަންކާއަށް ފަތުރުވެރިއެއްގެ ގޮތުގައި އައި މީހެއްކަމަށް ރިޕޯޓުތައް ބުނެ އެވެ.

ފުލުހުން ބުނި ގޮތުގައި ޝައްކު ކުރެވޭ މީހާ ވަނީ ޓެޑީ ބިއާތަކެއްގެ ތެރޭގައި 10.323 ކިލޯގެ މަސްތުވާތަކެތި ފޮރުވައިގެން އެތެރެ ކުރަން މަސައްކަތްކޮށްފަ އެވެ. އެތެރެކުރަން މަސައްކަތްކޮށްފައިވަނީ 500 ކެޕްސޫލް ކޮކެއިން އެވެ.

މި މީހާ ހުއްޓުވާ މިތަކެތި ހޯދާފައިވަނީ ފުލުހުންގެ ނާކޮޓިކްސް ބިއުރޯ (ޕީއެންބީ)ގެ އޮފިސަރުންނާއި އެއާޕޯޓުގައި ގާއިމުވެގެން ތިބި ލަންކާ ކަސްޓަމްސްގެ އޮފިޝަލުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.

މަސްތުވާތަކެތި ސްރީލަންކާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ